
އިރާނުން ކުވެއިތުގައި ހުރި އެމެރިކާގެ ބޭސްއަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރާލައިފިއެވެ.

ކުވެއިތުގައި އެމެރިކާ ނެޝަނަލް ގާޑުގެ ސިފައިންގެ މީހެއް މަރުވިކަން އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ދާދި ދެންމެ އަކު ރަސްމީކޮށް ވަނީ އިއުލާނުކޮށްފައެވެ.
މިއީ ހަނގުރާމައާއި ގުޅުން ހުރި މަރެއް ނޫންކަމަށް އެމެރިކާއިން ބުނި ނަމަވެސް މިކަން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދޮގުކުރެއެވެ.
އިރާނުގެ އައިއާރްޖީސީން މީގެ ކުރިން ވަނީ ކުވެއިތަށް ދިން ހަމަލާއެއްގައި އެމެރިކާގެ ސިފައިންތަކެއް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް ބުނެފައި އެވެ.
އީރާނުން އިސްރާއީލުގެ އަމާޒުތަކުގެ އިތުރުން ގަލްފް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓްތަކަށް ހަމަލާދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކާއި ގުޅިގެން ރައްދުގައި އެވެ. ވަކީން ޚާއްސަކޮށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުން ހަމަލާތައް ވަރުގަދަކުރިއެވެ.
ގުޅުންހުރި

އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި




