
ވާދަވެރި ކުޅުމަކަށްފަހު އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފި
# އިޓާލިއަން ސެރިއޭ# ބޭރު ދުނިޔޭގެ ކުޅިވަރު# އިންޓަ މިލާން# އޭސީ މިލާންއޭސީ މިލާނާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން..
އިޓާލިއަން ސެރީއޭގައި ރަށުން ބޭރުގައި އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން އޭސީ މިލާނަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންޓަ މިލާނުން ލީގުގައި ކުޅުނު 28 މެޗުން ހޯދި 67 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ލީގުގައި އެސީ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ކްރެމޮނީސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އިންޓަ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ކޯމޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަތުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ދެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އޭސީ މިލާނުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕަރވިސް އެސްޓޫޕިނަން އެވެ. މިއީ އުމުރުން 28 އަހަރުގެ ޑިފެންޑަރު އޭސީ މިލާންގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.
ލީގުގައި އޭސީ މިލާނަށް ކުރިއަށް އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލާޒިއޯ އާއި ދެކޮޅަށް ކުޅޭމެޗެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނުން ނުކުންނާނީ އެޓަލާންޓާއާއި ދެކޮޅަށެވެ.
.gif&w=3840&q=75)


.jpg&w=3840&q=75)



