
ގޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، ގަތަރު އެނާޖީގެ ބައެއް އޮޕަރޭޝަންތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލައިފި
# އިރާންދުނިޔޭގައި ގޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގަތަރު އެނާޖީއިން އެކުންފުނީގެ ބައެއް އޮޕަރޭޝަންތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމައިފި އެވެ.

ގަތަރު ސަރުކާރުގެ މައި ހަކަތަ ކުންފުނި ކަމަށްވާ ގަތަރު އެނާޖީއަކީ ދުނިޔޭގައި ގޭހުގެ ބާވަތްތަކާއި އަދި ކެމިކަލް ބޭނުންކޮށްގެން އުފައްދާ ބައެއް ސާމާނު ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުންޏެވެ.
އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނަށް ދިން ބޮޑެތި ހަމަލާތަކާއި ގުޅިގެން އިރާނުން ބަދަލު ހިފުމަށް މުޅި މެދުއިރުމައްޗަށް ދެމުންދާ ހަމަލާތަކުގައި ގަތަރަށްވެސް ބޮޑެތި ހަމަލާތަކެއް ވަނީ އަމާޒުވެފައި އެވެ. އިރާނުން ގަތަރަށް ހަމަލާދެމުންދަނީ ގަތަރުގައި އެމެރިކާގެ މުހިންމު އަސްކަރީ ބޭސްއެއް ހުރުމާއި އިރާނަށް ހަމަލާދިނުމަށް އެމެރިކާއިން އެ ބޭސް ބޭނުންކުރުމުންނެވެ. މި ހަމަލާތަކުގައި ގަތަރު އެނާޖީގެ ދެ ފްލާންޓަކަށް އިރާނުން ހަމަލާތައް އަމާޒުކޮށްފައި ވެއެވެ.
މިއާއިއެކު ގަތަރު އެނާޖީއިން މީގެ ކުރީން ވަނީ އެކުންފުނީން އުފައްދާ އެލްއެންޖީ އާއި އެއާ ގުޅުން ހުރި އުފެއްދުންތައް އުފެއްދުން ވަގުތީ ގޮތުން ހުއްޓާލާފައި އެވެ. ގަތަރުއެނާޖީ މިއަދު ވަނީ އެނިންމުމުގެ އިތުރަށް އެކުންފުނީން ގަތަރުގައި އުފައްދާ ޔޫރިއާ، ޕޮލިމަރސް، މެތަނަލް، އެލްމިނިއަމް އަދި އެހެނިހެން އުފެއްދުންތައް ހިމެނޭ ގޮތަށް ޑައުންސްޓްރީމް ބައެއް އުފެއްދުންތައް އުފެއްދުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ގަތަރުން އެލްއެންޖީ އާއި އެއާ ގުޅުންހުރި އުފެއްދުންތައް ހުއްޓާލަން ނިންމުމާއިއެކު ދުނިޔޭގައި ގޭހުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަން ވަނީ ފަށާފައި އެވެ.
އަދި މިއަދު ނިންމި ނިންމުމާއި ގުޅިގެންވެސް މެދުއިރުމަތީގައި ޔޫރިއާ، ޕޮލިމަރސް، މެތަނަލް، އެލްމިނިއަމް ފަދަ ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



