
އިރާނަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ދޭން ފެށި ހަމަލާތަކުގައި ޔޫއޭއީއަށް އަމާޒުވި ހަމަލާތަކެއްގައި 3 މީހަކު އެގައުމުން މަރުވެއްޖެ އެވެ.

އިރާނުގެ އިސް ލީޑަރު ޝަހީދު އާޔަތުالله އަލީ ޙާމަނާއީ އަވަހާރަކޮލުމަށާއި އިރާނުގެ އިސްލީޑަރުން އަވަހާރަކޮށްލަން އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާދޭން ފެށި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. އެހަމަލާގައި އިސް ލީޑަރާއި ސަރުކާރުގެ ބައެއް އިސްވެރިން އަވަހާރަކޮށްލުމާއިއެކު އިރާނުން ވަނީ ބަދަލު ހިފުމުގެ ހަމަލާތައްވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.
މިގޮތުން މެދުއިރުމަތީގައި އެމެރިކާއަށް އަސްކަރީ ބޭސްތައް ދީފައިވާ ގައުމުތަކަށާއި އެބޭސްތަކަށްވެސް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު ޔޫއޭއީއަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭއީގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އީރާނުގެ ހަމަލާތަކުގައި މުޅި ޔޫއޭއީއިން ތިން މީހަކު މަރުވެ 68 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިރާނުން ވަނީ ޔޫއޭއީގެ އަބޫދާބީއަށާއި ދުބާއީއަށް ވަރަށް ވަރުގަދަ އަދި ކާމިޔާބު ހަމަލާތަކެއް ދީފައިއެވެ.
ގުޅުންހުރި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި މާދަމާ ސޮއެއް ނުކުރާނެ - އިރާން




