logoEN
PNC TOP 3
ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށް ޔުނައިޓެޑް ތިންވަނައަށް

ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށް ޔުނައިޓެޑް ތިންވަނައަށް

ހަސަން ޝަމްއޫން

logo

3/1/2026, 4:10:41 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ޔުނައިޓެޑް# ކްރިސްޓަލް ޕެލަސް # އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

PNC MID 2

ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެފައިވާއިރު، ލީގުގައި ކްރިސަޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއްކުން ކާމިޔާބުކުރީ ޔުނައިޓެޑް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކްރިސްޓަލް ޕެލަސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މެކްސެންސް ލެކްރޮއިކްސް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން 11 ވަނަަ މިނެޓުގައި ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މެކްސެންސް ލެކްރޮއިކްސް އެޓީމު ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅުގެން މެޗު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ.

މިއާއެކު މެޗުގެ ބާކީބައި ކްރިސްޓަލް ޕެލަސް އިން އެއްކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އެވެ. އަދި މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގަައި ކާމިޔާބުކޮށްދިނީ ފޯވާޑް ބެންޖަމީން ޝެޝްކޯ އެވެ. އަދި މިއީ ޝެޝްކޯ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 51 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 35 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC