
ދީނަށް ފުރައްސާރަކުރި އާމިރު ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ދެއްވި ވާހަކަތަކަކީ ޕާޓީއާއި ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން - ޕީއެންސީ
# ޕީއެންސީ-
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ފުލުހުން ހޯދަމުން އަންނަ ފަރާތަކުން ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައި ވުމަކީ އެޕާޓީއާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވުމާއި ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ޓިކްޓިކުގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އަޙްމަދު ޢާމިރު ( ބޫގަ ) އެވެ.
އެގޮތުން އޭނާ ހޯދަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ބޫގަ ވަނީ ޕިއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރާކަން ހާމަކޮށް މީސްމީޑިއާގައި އެކި ވީޑިއޯތައް ހަދައިގެން ކެމްޕެއިން ކޮށްފައެވެ.
މިކަމާއި ގުޅިގެން ޕީއެންސީން މިއަދު ބުނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވުމަކީ، މި ޕާޓީއާ އެއްވެސް ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫންކަމުގައި ކަމަށެވެ.
އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތައް ޕީއެންސީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަންވެސް ހާމަކޮށްފައެވެ.
ގުޅުންހުރި

ދީނަށް ފުރައްސާރަކުރި އާމިރު ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ދެއްވި ވާހަކަތަކަކީ ޕާޓީއާއި ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން - ޕީއެންސީ
.jpg&w=3840&q=75)
.gif&w=3840&q=75)



