ދެ އިންތިހާބު އެއްކޮއްލަން އުޅޭކަމަށް އިދިކޮޅުން ދައްކާވާހަކައަކީ ބޮޑު އޮޅުވާލުމެއް - ޝިޔާމް
# ޕީއެންސީ# ކޮންގްރެސް ޕާޓީމަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް --- ގާފު ފޮޓޯ: އަޙްމަދު ރީހާން
ރައްޔިތުންގެ މަޖްލިސް އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްކޮށްލަން އުޅޭކަމަށް ބުނެ އިދިކޮޅުން ދައްކާވާހަކައަކީ ބޮޑު އޮޅުވާލުމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީން މިރޭ ކުރިއަށް ގެންދިޔަ ތަރާވީސް އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވައި ކަންކަން ނިންމަވާ ވެރިއެއް ކަމަށެވެ. އެގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގެ އާއްމު ވޯޓަށް ނާހައި ކަންކަން ނިންމެވެން އޮތް އޮތުން ގާނޫނަކުން އިސްލާހުކުރައްވާއި ބަދަލުކުރެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، ރެފަރަންޑަމް ވޯޓާ ގުޅިގެން އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ކަމަށާއި، އެގޮތުން އެއީ ދެ އިންތިހާބު އެއްކޮށްލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ދެއްކުމަށް އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޝިޔާމް އިތުރަށް ވިދާޅުވީ، މަސައްކަތް މިކުރަނީ ދެ އިންތިހާބު އެއްކޮށްލުމަށް ނޫން ކަމަށާއި، މަސައްކަތްކުރަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށެވެ.
" އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލަނީ. ދެ އިންތިހާބު އެއްކޮށްލާށޭ މިއުޅެނީ. ފުރަތަމަ ކަމަކަށް މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. މިއުޅެނީ ރައްޔިތުންގެ ހުރި ހިޔާލުތަކެއްގެ އަލީގަ ދެ އންތިހާބެއް އެއްދުވަހެއްގަ ބާއްވަން. މިއުޅެނީކީ ދެ އިންތިހާބެއް އެއްކުރާކަށް ނޫން" - ޝިޔާމް ވިދާޅުވި އެވެ.
މި ރަމަޟާން މަހުވެސް ކުޑަޕިކަޕާއި ބޮޑުޕިކަޕުގައި އިދިކޮޅުން ދޮގު ހައްދަވަމުން ގެންދަވާކަމަށް ބުނެ ޝިޔާމް ވަނީ ވަރަށް ބޮޑަށް އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.
ގުޅުންހުރި
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރިގޮތް - ޓޮމް
ދެ އިންތިހާބު އެއްކޮއްލަން އުޅޭކަމަށް އިދިކޮޅުން ދައްކާވާހަކައަކީ ބޮޑު އޮޅުވާލުމެއް - ޝިޔާމް
ޕީއެންސީ ތިނަދޫ ސިޓީ މާލެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ، ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ!

.gif&w=3840&q=75)



