logoEN
PNC TOP 3
ޕީއެންސީ ތިނަދޫ ސިޓީ މާލެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ، ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ!

ޕީއެންސީ ތިނަދޫ ސިޓީ މާލެ ކެމްޕެއިން އޮފީސް ހުޅުވުން މިރޭ، ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ!

އަހުމަދު ޝުރާއު

logo

2/23/2026, 7:17:37 AM

# ޕީއެންސީ

-

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ ކައުންސިލަށް ވާދަކުރާ ފަރާތްތަކުގެ ކެމްޕެއިން އޮފީހެއް މިރޭ މާލޭގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

PNC MID 2

ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ވާދަކުރާ މޭޔަރާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ ރައީސާއި މެމްބަރުންގެ ކެމްޕެއިން ހަރަކާތްތައް މާލެ ސަރަހައްދުގައި ވަރުގަދަ ކުރުމަށްޓަކައި ޚާއްސަ ކެމްޕެއިން އޮފީހެއް މާލޭގައި ހުޅުވަން ނިންމާފައިވަނީ މިރޭ އެވެ.

އެގޮތުން މިރޭ 21:30 ގައި ބާއްވާ ޚާއްސަ ހަލްފާއެއްގައި ކެމްޕެއިން އޮފީސް ހުޅުއްވައި ދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. އަދި މިރޭގެ ހަފްލާގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޕީއެންސީގެ ތިނަދޫ ކެމްޕެއިން އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނުގައި ހުންނަ ފޯޑޯސް ރެސްޓޯރެންޓު ކުރިމަތީގައި އެވެ.

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބަށް ތިނަދޫ ސިޓީގެ ކެމްޕެއިން މިމަހުގެ ކުރީކޮޅު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ރަސްމީކޮށް ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC