logoEN
PNC TOP 3
އިދިކޮޅުން މަސައްކަތްކުރަނީ ހިޔާލުހޯދުމުގެ ވޯޓުގެ މަގްސަދު އޮޅުވާލަން - ޕީއެންސީ

އިދިކޮޅުން މަސައްކަތްކުރަނީ ހިޔާލުހޯދުމުގެ ވޯޓުގެ މަގްސަދު އޮޅުވާލަން - ޕީއެންސީ

# ޕީޖީ ލީޑަރު ފަލާހް# ޕީއެންސީ

-

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ މަޤްޞަދު އޮޅުވާލަންކަމަށް ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ބުނެފިއެވެ.

PNC MID 2

ކޮންގްރެސް ޕާޓީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދައިރާގެ މެންބަރ އިބްރާހިމް ފަލާޙް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން އެކަމުގެ މަގްސަދު އޮޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާއި ދެކޮޅަށް ނުކުތް ނަމަވެސް މިއީ މީގެ ކުރިން އެފަރާތްތަކުން ތާޢީދު ކުރެއްވި ކަމެއް ކަމަށް ފަލާހް ވިދާޅުވި އެވެ. އަދި މިއީ ރިޔާސީ ދައުރު ދައްމާލުމަށް ކުރާ ކަމެއް އިދިކޮޅުން ދައްކަން މަސައްކަތް ކުރި ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމަކީ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ގާތަށް ދާން ޖެހޭ މިންވަރު މަދުކޮށް އިންތިޚާބުތައް މަދުކުރުމަށް، ކުރެވޭ ކަމެއް ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތައްވެސް ފަލާހު ވަނީ ދޮގުކުރައްވާފައެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއިއެކު ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރަން ފެނެތޯ ބެލުމަށް އާންމުން ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނެތޯ ބެލުމަށް ނަގާ ވޯޓެކެވެ. އަދި މި ވޯޓުގައި ޕީއެންސީގެ ސްޓޭންޑަކީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC