
ނެޓްބޯޅަ: ޔުނިކޯންސް، ޑައިމަންޑްސް އަދި ފޯ ދަ ވައިބްސްއަށް ވެސް ފަސޭހަ މޮޅެއް
# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރު...
މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު އެފްއެސްސީ ޔުނިކޯންސް، އެފްއެސްސީ ޑައިމަންޑްސް އަދި ފޯ ދަ ވައިބްސް އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެފްއެސްސީ ޔުނިކޯންސް އާއި އެފްއެސްސީ އެލީޓް ސްޕާކްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 2-6 ގެ ނަތީޖާއަކުން ޔުނިކޯންސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ޔުނިކޯންސް އިން އިތުރު ހަ ޕޮއިންޓް ހޯދިއިރު މިހާފުގައި ސްޕާކްސްއަށް ހޯދިފައިވަނީ އެންމެ ދެޕޮއިންޓެވެ. މިއާއެކު 4-12 ތަފާތުބޮޑު ނަތީޖާއަކުން ޔުނިކޯންސް މެޗު ކާމިޔާބުކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ކަޔާނީ ބިންތް ޝަފްއާޒް އެވެ.
އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އެފްއެސްސީ ޑައިމަންޑްސް އާއި ކުއީންސް ވާދަކުރުއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 6-2 ގެ ނަތީޖާއަކުން ޑައިމަންޑްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޑައިމަންޑްސް އިން އިތުރު ހަ ޕޮއިންޓް ކާމިޔާބުކުރިއިރު، މިހާފުގައި ކްއީންސްއަށް ހޯދިފައިވަނީ އިތުރު ތިން ޕޮއިންޓެވެ. މިއާއެކު 12-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ޑައިމަންޑްސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އިންޝާ ބިންތް ޝިހާބް އެވެ.
މީގެ އިތުރުން މިރޭގެ ތިންވަނަ މެޗުގައި ފޯ ދަ ވައިބްސް އާއި ހައި ފައިވް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު 3-6 ގެ ނަތީޖާއަކުން ފޯ ދަ ވައިބްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި ހައި ފައިވްސް އިން ވެސް ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 6-10 ގެ ނަތީޖާއަކުން ފޯ ދަ ވައިބްސް މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަލްމްރާ އަހުމަދު އަތީކް އެވެ.
23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.
ގުޅުންހުރި

ނެޓްބޯޅަ: ޔުނިކޯންސް، ޑައިމަންޑްސް އަދި ފޯ ދަ ވައިބްސްއަށް ވެސް ފަސޭހަ މޮޅެއް

ނެޓްބޯޅަ: ފަސޭހަކަމާއެކު ޝޫޓާސް މޮޅުވިއިރު، ފައިޓާސް އަދި ނިންޖާސްއަށް އުނދަގޫ މޮޅެއް

ނެޓްބޯޅަ: ޕާވާ ޕަފް ބަލިކޮށް ނެޓް ނިންޖާސް އެއްވަނައަށް ޖެހިލިއިރު. ސްޓާސް ހަތަރުވަނަ މެޗުން ވެސް ބަލިވެއްޖެ
.jpg&w=3840&q=75)
.gif&w=3840&q=75)



