logoEN
PNC TOP 3
ނެޓްބޯޅަ: ފަސޭހަކަމާއެކު ޝޫޓާސް މޮޅުވިއިރު، ފައިޓާސް އަދި ނިންޖާސްއަށް އުނދަގޫ މޮޅެއް

ނެޓްބޯޅަ: ފަސޭހަކަމާއެކު ޝޫޓާސް މޮޅުވިއިރު، ފައިޓާސް އަދި ނިންޖާސްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

2/28/2026, 10:46:13 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

...

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ސީނިއާ ކެޓަގެރީގައި މިރޭ ކުޅުނު މެޗުތައް ޝޫޓާސް އާއި ނިންޖާސް އަދި ފައިޓާސް އިން ކާމިޔާބުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ސީނިއާ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޝޫޓާސް އާއި ވޯރިއާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަަސް ޕޮއިންޓްގެ ލީޑަކާއެކު 6-1 ގެ ނަތީޖާއަކުން ޝޫޓާސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޝޫޓާސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި ވޯރިއަސްއަށް ހޯދިފައިވާނީ އިތުރު ތިން ޕޮއިންޓެވެ. މިއާއެކު 10-4 ގެނަތީޖާއަކުން ޝޫޓާސް މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޯރިއާސްގެ އަލްޔާ މުހައްމަދު އަހުމަދު އެވެ

މިރޭގެ ދެވަނަ މެޗުގައި ނިންޖާސް އާއި އެޓޭކާސް ވާދަކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ނިންޖާސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ނިންޖާސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި އެޓޭކާސް އިން ވެސް ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 6-8 ގެ ނަތީޖާއަކުން ނިންޖާސް މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާމިނަތު އީލާފް ސޮބާހް އެވެ.

މީގެ އިތުރުން މިރޭގެ ތިންވަނަ މެޗުގައި ފަލްކަންސް އާއި ފައިޓާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ފަލްކަންސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފައިޓާސް އިން އިތުރު ދެ ޕޮއިންޓް ހޯދިއިރު، މިހާފުގައި ފަލްކަންސްއަށް އިތުރު ޕޮއިންޓެއް ހޯދިފައިނުވެއެވެ. މިއާއެކު 3-2 ގެ ނަތީޖާއަކުން ފައިޓާސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަމްސާ އަބްދުﷲ ހަނީފް އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC