
ނެޓްބޯޅަ: ޕާވާ ޕަފް ބަލިކޮށް ނެޓް ނިންޖާސް އެއްވަނައަށް ޖެހިލިއިރު. ސްޓާސް ހަތަރުވަނަ މެޗުން ވެސް ބަލިވެއްޖެ
# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026...
މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ޖޫނިއާރ ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ޕަވާ ޕަފް އަތުން ނެޓް ނިންޖާސް މޮޅުވިއިރު، ދެވަނަ މެޗުގައި ނެޓް އެޓޭކާސް އިން ވަނީ ސްޓާސް ބަލިކޮށްފައެވެ.

މުބާރާތުގެ ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޕަވާ ޕަފް އާއި ނެޓް ނިންޖާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެޓް ނިންޖާސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމު އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 4-0 ގެ ނަތީޖާއަކުން ނެޓް ނިންޖާސް މޮޅުވިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަލްޔާ އަހުމަދު މުހައްމަދު އެވެ.
މީގެ އިތުރުން ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ސްޓާސް އާއި ނެޓް އެޓޭކާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެޓް އެޓޭކާސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ޕޮއިންޓެއް ހޯދިފައިނުވާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓާސްގެ އެލީނާ ހުސެއިން ސިނާން އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ނެޓް ނިންޖާސްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ޕޮއިންޓްގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ފައިދާ ޕޮއިންޓްގެ ތަފާތުން ތާވަލުގެ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު ނެޓް އެޓޭކާސް އެވެ. އަދި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި މިވަގުތު އޮތީ ސްޓާސް އެވެ.
23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ކެޓަގެރީގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅުމަށްފަހު ބައިވެރި ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅޭގޮތަށެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.
ގުޅުންހުރި

ނެޓްބޯޅަ: ޔުނިކޯންސް، ޑައިމަންޑްސް އަދި ފޯ ދަ ވައިބްސްއަށް ވެސް ފަސޭހަ މޮޅެއް

ނެޓްބޯޅަ: ފަސޭހަކަމާއެކު ޝޫޓާސް މޮޅުވިއިރު، ފައިޓާސް އަދި ނިންޖާސްއަށް އުނދަގޫ މޮޅެއް

ނެޓްބޯޅަ: ޕާވާ ޕަފް ބަލިކޮށް ނެޓް ނިންޖާސް އެއްވަނައަށް ޖެހިލިއިރު. ސްޓާސް ހަތަރުވަނަ މެޗުން ވެސް ބަލިވެއްޖެ
.jpg&w=3840&q=75)
.gif&w=3840&q=75)



