logoEN
PNC TOP 3
ނެޓްބޯޅަ: އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ފައިޓާސް އާއި ދަ ބޯލްޓްސްގެ ކުރިމަތިލުން އެއްވަރު

ނެޓްބޯޅަ: އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ފައިޓާސް އާއި ދަ ބޯލްޓްސްގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

2/26/2026, 11:15:28 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

...

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ސީނިއާ ކެޓަގެރީގައި މިރޭ ކުޅުނު މެޗުތަކުން ހައި ފްލަޔާސް އަދި އެޓޭކާސް މޮޅުވިއިރު، ދަ ބޯލްޓްސް އާއި ފައިޓާސް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

PNC MID 2

މުބާރާތުގެ ސީނިއާ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެޓޭކާސް އާއި ދަ ބޯލްޓްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން އިތުރު ދެ ޕޮއިންޓް ހޯދިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ބޯލްޓްސްގެ ލައިލީ ސަނީމް އެވެ

މިރޭގެ ދެވަނަ މެޗުގައި އެޓޭކާސް އާއި ހައި ވޯރިއާސް ވާދަކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 1-3 ގެ ނަތީޖާއަކުން އެޓޭކާސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓޭކާސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި ވޯރިއާސް އިން ވެސް ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 7-4 ގެ ނަތީޖާއަކުން އެޓޭކާސް މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓޭކާސްގެ އައިޝަތު އާޝާ ފާތިހް އެވެ.

މީގެ އިތުރުން މިރޭގެ ތިންވަނަ މެޗުގައި ހައި ފްލަޔާސް އާއި ދަ ބޯލްޓްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ހައި ފްލަޔާސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ހައި ފްލަޔާސް އިން އިތުރު ތިން ޕޮއިންޓް ހޯދިއިރު، މިހާފުގައި ދަ ބޯލްޓްސް އިން ވެސް ވަނީ އިތުރު ދެ ޕޮއިންޓް ހޯދާފައެވެ. މިއާއެކު 2-4 ގެ ނަތީޖާއަކުން ހައި ފްލަޔާސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަލީޝާ އަނަމް ކިނާން އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC