
އިރާނުގެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ފުރާނެ ނެތް ހަށިކޮޅު ފެނިފައިވާ ކަމަށާއި އޭނާ އަވަހާރަވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

ރޮއިޓާސް ނިއުސް އެޖެންސީ އާއި އިސްރާއީލުގެ މީޑިއާތަކުން ދަނީ ނަން ހާމަނުކުރާ އިސްރާއީލުގެ “ސީނިއަރ” އޮފިޝަލުންނާ ހަވާލާދީ، ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށްބުނެ ރިޕޯޓުކުރަމުންނެވެ.
އިސްރާއީލުގެ މީޑިއާތަކުން ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނި ނަމަވެސް، އެގައުމުން މިހާތަނަށް ބުނަމުން އައީ ޚާމަނާއީ އަވަހާރަނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ކުރު ތަގުރީރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ޚާމަނާއީ "މިހާރު ނެތް" ކަމުގެ ގިނަ ނިޝާންތަކެއް ފެންނަ ކަމަށް ބުނެފައިއެވެ. ނަމަވެސް އޭނާ މަރުވިކަން ސާފުކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަތަންޔާހޫ ވަނީ އީރާނުގެ ރައްޔިތުންނަށް "މަގުތަކަށް ނުކުމެ، ޚާމަނާއީގެ ކަންކަން ނިންމާލުމަށް" ގޮވާލައްވާފައެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. މި ހަމަލާތަކަކީ އިރާނުގެ ވެރިކަން ވައްޓާލުމުގެ މަގްސަދުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިންވެސް ވަނީ އެއްބަސްވެފައި އެވެ.
އެގޮތުން ހަމަލާގެ މައި އަމާޒަކީ އިސް ލީޑަރު ހާމަނާއީ އާއި އިރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ގެ އިތުރުން އިރާނު އަސްކަރިއްޔާގެ ކޮމާންޑަރުން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައި އެވެ. އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަންގެ ދަރިކަލުން ޔޫސުފް ޕެޒެޝްކިއަން އާއި ހަވާލާދީ އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އޭނާގެ ބައްޕަގެ ސިއްހަތު ރަނގަޅު ކަމަށާއި އިސްރާއީލާއި އެމެރިކާއިން އޭނާ އަވަހާރަކޮށްލަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ނަމަވެސް ރައީސް މަސޫދު ޕެޒެޝްކިއަން މިވަގުތު ހުންނެވި ތަނެއް ސަލާމަތީ ސަބަބުތަކަށްޓަކައި ހާމަކޮށްފައިނުވެއެވެ.
ގުޅުންހުރި

ދުބާއީގެ ބުރުޖް އަލް އަރަބި ހޮޓަލަށްވެސް ހަމަލާދީފި

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

.gif&w=3840&q=75)



