logoEN
PNC TOP 3
އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

އަހުމަދު ޝުރާއު

logo

2/28/2026, 9:26:59 PM

# އިރާން

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި އެވެ.

PNC MID 2

މެދުއިރުމަތީގެ ހަބަރުތައް އެންމެ ސައްޚަކަމާއިއެކު ގެނެސްދޭ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ދުބާއީ އިންޓަނޭޝަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ މިރޭ ދުބާއީ ގަޑިން 12:30 ހާއިރު އެވެ.

އެގޮތުން މި ހަމަލާގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާއިރު ލިބުނު ގެއްލުންތަށް ފެންނަ ވީޑިއޯއިން މިހާރު ވަނީ އާންމުވެސް ވެފައި އެވެ.

View post on Twitter

އެގޮތުން އެވީޑިއޯ ސައްހަކަން އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާއިރު މި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ޕަސެންޖަރ ލައުންޖަކަށް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

މިހަމަލާއަކީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް މިއަދު ހަމަލާދޭން ފެށުމާއިގުޅިގެން އިރާނުން އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.

އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.

މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.

ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC