logoEN
PNC TOP 3
އިރާނުގެ މިސައިލްތައް "މަތަކުރަން" އަޔަންޑޯމް ނުކުޅެދިފައި: ވަރުގަދަ ހަމަލާއެއް ތެލްއަވީވްއަށް އަމާޒުވެ 8 ޔަހޫދީއަކަށް ބޮޑެތި އަނިޔާތަކެއް!

އިރާނުގެ މިސައިލްތައް "މަތަކުރަން" އަޔަންޑޯމް ނުކުޅެދިފައި: ވަރުގަދަ ހަމަލާއެއް ތެލްއަވީވްއަށް އަމާޒުވެ 8 ޔަހޫދީއަކަށް ބޮޑެތި އަނިޔާތަކެއް!

އަހުމަދު ޝުރާއު

logo

2/28/2026, 9:10:38 PM

# އިރާން

އިރާނުން މިރޭ އިސްރާއީލުގެ ވެރިރަށް ތެލްއަވީވްއަށް ދިން ވަރުގަދަ މިސައިލް ހަމަލާއެއް އިސްރާއީލުގެ ދިފާއީ ނިޒާމު، އަޔަންޑޯމްއަށް އިންޓަސެޕްޓް ނުކުރެވި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

PNC MID 2

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން މިރޭ ފޮނުވާލި ހައިޕަސޮނިކް މިސައިލެއް ހުއްޓުވުމަށް އިސްރާއީލުގެ އަޔަންޑޯމުން ކުރި މަސައްކަތް ނާކާމިޔާބުވެ ތެލްއަވީވްގެ މީހުން ގިނަ ސަރަހައްދަކަށް ވަނީ އަމާޒުވެފައި އެވެ. އަދި މި ހަމަލާގެ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު މި ހަމަލާއާއި ގުޅިގެން މިސައިލް ވެއްޓުނު ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވާ މަންޒަރު ފެނެއެވެ.

މި ހަމަލާއާއި ގުޅިގެން 8 ޔަހޫދީއަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އިސްރާއީލުގެ މިޑިއާތަކުން ވެސް އަންނަނީ ރިޕޯޓުކުރަމުންނެވެ.

މި ހަމަލާއަކީ އިއްޔެ ހެނދުނު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން ދެމުންދާ ހަމަލާތަކެކެވެ. މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ. އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.

މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.

ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC