logoEN
PNC TOP 3
ވެސްޓްހަމް ބަލިކޮށް، ޗެމްޕިއަން ލިވަޕޫލް ވަގުތީގޮތުން  ފަސްވަނައަށް

ވެސްޓްހަމް ބަލިކޮށް، ޗެމްޕިއަން ލިވަޕޫލް ވަގުތީގޮތުން ފަސްވަނައަށް

ހަސަން ޝަމްއޫން

logo

2/28/2026, 7:16:04 PM

# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ވެސްޓްހަމް ޔުނައިޓެޑް # ލިވަޕޫލް

ލިވަޕޫލް އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަން ލިވަޕޫލުން ވަގުތީގޮތުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

PNC MID 2

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެސްޓްހަމް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ލިވަޕޫލްގެ ހޫގޯ އެކަޓިކޭ، ވާޖިލް ވެންޑައިކް، އެލެކްސިސް މާޑް އެލިސްޓާ އަދި ކޯޑީ ގައްޕޯ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، ލިވަޕޫލްގެ ފަސްވަނަ ލަނޑަކީ ވެސްޓްހަމްގެ ޑިފެންޑަރު އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން މިމެޗުގައި ވެސްޓްހަމްގެ ތޯމަސް ސޯސެކް އަދި ޓެޓީ ކެސްޓެލާނޯސް، މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިވަޕޫލްގެ ފޯވާޑް ހޫގޯ އެކަޓިކޭ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން ލިވަޕޫލަށް 48 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 28 މެޗުން ހޯދި 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC