
ފަސޭހަކަމާއެކު ވިލަރެއާލް ބަލިކޮށް ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި
# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ވިލަރެއާލްބާސެލޯނާ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ވިލަރެއާލް އާއި ވާދަކޮށް ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ބޮޑުކޮށްފިއެވެ.

ލީގުގައި ބާސެލޯން އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މިމެޗުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިއީ ބާސެލޯނާގެ ޖާޒީގައި ޔަމާލް ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. އަދި އެޓީމުގެ އެނެއް ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
މީގެ އިތުރުން މިމެޗުގައި ވިލަރެއާލްގެ ހަމައެކަނި ލަނޑު މިޑްފީލްޑަރު ޕަޕޭ ގުއޭ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން ބާސެލޯނާއަށް 64 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުގައި ކުޅުނު 26 މެޗުން ހޯދި 51 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




