
އީރާނުން އެގައުމާއި ކައިރީ އޮންނަ ސްޓްރެއިޓް އޮފް ހޯމުޒް ނުވަތަ ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފި އެވެ.

ހޯމުޒް ކަނޑުއޮޅިއަކީ މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ކަނޑުއޮޅިއެވެ. މިއީ އިރާނުގެ ފުރިހަމަ ބާރު ހިނގާ ކަނޑުއޮޅިއެކެވެ.
ކަނޑުއޮޅި ބަންދު ކުރިކަން އީރާން ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކަނޑުގެ ސިފައިން މިހާރު އިއުލާނުކޮށްފައިވާއިރު އެއްވެސް ކަނޑުގެ އުޅަނދަކަށް އެ ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށް އެގައުމުން އަންގާފައިވާކަމަށް ރޮއެޓާސްއިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ހޯމުޒް ކަނޑުއޮޅި ބަންދުކުރީ މިއަދު އެމެރިކާއާއި އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު މި ކަނޑުއޮޅި ބަންދުވެގެންދިޔުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

ދުބާއީގެ ބުރުޖް އަލް އަރަބި ހޮޓަލަށްވެސް ހަމަލާދީފި

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

.gif&w=3840&q=75)



