
އިރާނުގެ ޑިފެންސް މިނިސްޓަރާއި އައިއާރުޖީސީގެ ކޮމާންޑަރު އަވަހާރަވެއްޖެ - އިސްރާއީލުގެ އަސްކަރީ މަސްދަރުތައް
# އިރާންއިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ޑިފެންސް މިނިސްޓަރާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު އަވަހާރަވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ ޑިފެންސް މިނިސްޓަރު އަމީރު ނާސިރުޒާދާ އާއި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު އަވަހާރަވެފައިވާ ކަމަށް ބެލެވޭ ކަމަށް އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ މައުލޫމާތު އެނގޭ ދެ ފަރާތަކާއި ސަރަހައްދީ މަސްދަރަކުން ރޮއިޓާސްއަށް ވަނީ މައުލޫމާތު ދީފައި އެވެ.
މިކަމާއި ގުޅިގެން އިރާނުން އަދި މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައި ނުވުމާއިއެކު މިކަން ސީދާ ކަށަވަރުވެފައިނުވެއެވެ.
އިރާނުގެ ޑިފެންސް މިނިސްޓަރު އަމީރު ނާސިރުޒާދާ އާއި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު އަވަހާރަކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނަނީ މިއަދު ހެނދުނު އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

ދުބާއީގެ ބުރުޖް އަލް އަރަބި ހޮޓަލަށްވެސް ހަމަލާދީފި

އިރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއްދީފި

މިހާތަނަށް އިރާނުން ގަތަރަށް 66 މިސައިލް ހަމަލާދީފި، 8 މީހަކު ޒަހަމްވެފައިވާއިރު އެކަކުގެ ހާލު ސީރިއަސް - ގަތަރުގެ ސަރުކާރު

.gif&w=3840&q=75)



