logoEN
PNC TOP 3
އިރާނުގައި ތިބި ރަޝިޔާ ރައްޔިތުން އެގައުމު ދޫކޮށް ނުކުންނަން އަންގައިފި

އިރާނުގައި ތިބި ރަޝިޔާ ރައްޔިތުން އެގައުމު ދޫކޮށް ނުކުންނަން އަންގައިފި

އަހުމަދު ޝުރާއު

logo

2/28/2026, 2:18:41 PM

# އިރާން

އިރާނުގައި ތިބި ރަޝިޔާ ރައްޔިތުން އެގައުމު ދޫކޮށް ނުކުންނަން އަންގައިފި އެވެ.

PNC MID 2

އީރާނުގައި ހުންނަ ރަޝިޔާގެ އެމްބަސީން ވަނީ ރަޝިޔާގެ ރައްޔިތުން އަރްމީނިއާ ނުވަތަ އަޒަރުބައިޖާން މެދުވެރިކޮށް އީރާނުން ނުކުތުމަށް އިލްތިމާސްކޮށްފަ އެވެ.

އަރްމީނިއާ އާއި އަޒަރުބައިޖާންއަކީ އިރާނުގެ ހުޅަނގު އުތުރުގައި އޮންނަ ދެގައުމެވެ. މި ދެގައުމަކީވެސް ރަޝިޔާއާއިއެކުވެސް ބޯޑަރުން ގުޅިފައިވާ ދެގައުމެވެ.

ރަޝިޔާއިން މިކަން އިއުލާނުކޮށްފައިމިވަނީ މިއަދު ހެނދުނުން ފެށިގެން އިސްރާއީލުން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއި ގުޅިގެންނެވެ. ރަޝިޔާގެ ސަރުކާރުން ވަނީ އެމެރިކާ އިސްވެ އޮވެ އިސްރާއީލާއިއެކު އިރާނަށް ހަމަލާދޭން ފެށުން ރަސްމީކޮށް ކުށްވެރިކޮށްފައެވެ.،

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. އެމެރިކާ އިސްވެ އޮވެ ފެށި މި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.

އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ގަތަރުގައި ހުންނަ އަލް ހުދެއިދު ވައިގެ އަސްކަރީ މަރުކަޒަށް އިރާނުން ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާއިރު ބަހްރައިންގެ މަނަމާއަށްވެސް ވަރުގަދަ ހަމަލާއެއް އިރާނުން ވަނީ ދީފައި އެވެ. އަދިވެސް ހަމަލާތައް ހުއްޓާލާފައިނުވާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދުތައްވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ.

މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.

ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC