
ލޯކަލް ކައުންސިލް އަދި އތމ އިންތިހާބު: ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ހުޅުވާލައިފި
# އިލެކްޝަންސް ކޮޮމިޝަން# އިންތިހާބުވޯޓުލުމުގެ ތެރެއިން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މި ފުރުސަތުގައި އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށްވެސް އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓުންގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތައް ކުރިއަށްދޭތޯ ކަށަވަރު ކުރުމެވެ.
މަންދޫބުންގެ ކިބައިގައި ހުންނަޖެހޭ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައިވުން.
- ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން ނުވަތަ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން
- އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
- އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
- އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން.
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން.
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން.
މަންދޫބަކަށްވުމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޮމިޝަންގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށް އީސީން ބުނެ އެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލަ އަށް ކަންވެސް އީސީން ފާހަގަކުރި އެވެ.
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ މީހުންގެ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން މިފެށޭ މާޗު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ 3004432 ނުވަތަ 3004433 ނަންބަރަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެއެވެ.
ގުޅުންހުރި

ލޯކަލް ކައުންސިލް އަދި އތމ އިންތިހާބު: ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ހުޅުވާލައިފި

އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑިކަށަވަރުވެއްޖެ

ރީ ރަޖިސްޓްރޭޝަން ކުރުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވަނީ!

.gif&w=3840&q=75)



