logoEN
PNC TOP 3
ނެޓްބޯޅަ: ސްޓާރސް އަތުން ޕަވާ ޕަފް މޮޅުވިއިރު، ނެޓް އެޓޭކާސް އަތުން ނެޓް ނިންޖާސްއަށް ފަސޭހަ މޮޅެއް

ނެޓްބޯޅަ: ސްޓާރސް އަތުން ޕަވާ ޕަފް މޮޅުވިއިރު، ނެޓް އެޓޭކާސް އަތުން ނެޓް ނިންޖާސްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

2/26/2026, 10:40:05 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

....

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ޖޫނިއާރ ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސްޓާރސް އަތުން ޕަވާ ޕަފް މޮޅުވިއިރު، ދެވަނަ މެޗުގައި ނެޓް ނިންޖާސް އިން ވަނީ ފަސޭހަކަމާއެކު ނެޓް އެޓޭކާސް ބަލިކޮށްފައެވެ.

PNC MID 2

މުބާރާތުގެ ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޕަވާ ޕަފް އާއި ސްޓާރސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕަވާ ޕަފް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެ ޕޮއިންޓް ހޯދާފައެވެ. މިއާއެކު 3-2 ގެ ނަތީޖާއަކުން ޕަވާ ޕަފް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތުމަތު އަޔާނީ މިސްބާހު އެވެ.

މީގެ އިތުރުން ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ނެޓް ނިންޖާސް އާއި ނެޓް އެޓޭކާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ޕޮއިންޓެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ނެޓް ނިންޖާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. މިއާއެކު 4-0 ގެ ނަތީޖާއަކުން ނެޓް ނިންޖާސް މެޗު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޔަނާ ނިޒާރު އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ކެޓަގެރީގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅުމަށްފަހު ބައިވެރި ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC