.jpg&w=3840&q=75)
ނެޓްބޯޅަ: ކުލަބު ހުޅު ދެމެޗުން ވެސް މޮޅުވިއިރު، ސްޕާކްސް އަތުން ކްއީންސްއަށް ތަފާތުބޮޑު މޮޅެއް
# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރު.....
މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ އޯޕަން ކެޓަގެރީގައި މިރޭ ކުލަބު ހުޅު ކުޅުނު ދެމެޗުން ވެސް އެޓީމު މޮޅުވިއިރު، ކްއީންސް އިން ވަނީ ތަފާތުބޮޑު ނަތީޖާއަކުން އެފްއެސްސީ އެލީޓްސް ސްޕާކްސް ބަލިކޮށްފައެވެ.

މުބާރާތުގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ހައި ފައިވްސް އާއި ކުލަބު ހުޅު ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ކުލަބު ހުޅު ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ކުލަބު ހުޅުން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު މިހާފުގައި ހައި ފައިވްސްއަށް ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިއާއެކު 6-2 ނަތީޖާއަކުން ކުލަބު ހުޅު މެޗު ކާމިޔާބުކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތުމަތު އަރުޝާ އެވެ.
އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އެފްއެސްސީ އެލީޓްސް ސްޕާކްސް އާއި ކުއީންސް ވާދަކުރުއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 7-2 ގެ ނަތީޖާއަކުން ކުއީންސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ކްއީންސް އިން އިތުރު ފަސް ޕޮއިންޓް ކާމިޔާބުކުރިއިރު، މިހާފުގައި އެފްއެސްސީ އެލީޓްސް ސްޕާކްސްއަށް ހޯދިފައިވަނީ އިތުރު ތިން ޕޮއިންޓެވެ. މިއާއެކު 12-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޝާހިޔާ އާދަމް އެވެ.
މީގެ އިތުރުން މިރޭގެ ތިންވަނަ މެޗުގައި އެފްއެސްސީ ފަޔާރސް އާއި ކުލަބު ހުޅު ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 2-4 ގެ ނަތީޖާއަކުން ކުލަބު ހުޅު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެފްއެސްސީ ފަޔާރސް އިން އިތުރު ތިން ޕޮއިންޓް ހޯދިއިރު، މިހާފުގައި ކުލަބު ހުޅަށް ހޯދިފައިވަނީ ދެ ޕޮއިންޓެވެ. މިއާއެކު 6-5 ގެ ނަތީޖާއަކުން ކުލަބު ހުޅު މެޗު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޒުހާ ހުސެއިން އެވެ.
23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނެޓްބޯޅަ: އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ފައިޓާސް އާއި ދަ ބޯލްޓްސްގެ ކުރިމަތިލުން އެއްވަރު
.jpg&w=3840&q=75)
ނެޓްބޯޅަ: ކުލަބު ހުޅު ދެމެޗުން ވެސް މޮޅުވިއިރު، ސްޕާކްސް އަތުން ކްއީންސްއަށް ތަފާތުބޮޑު މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: ސްޓާރސް އަތުން ޕަވާ ޕަފް މޮޅުވިއިރު، ނެޓް އެޓޭކާސް އަތުން ނެޓް ނިންޖާސްއަށް ފަސޭހަ މޮޅެއް

.gif&w=3840&q=75)



