logoEN
PNC TOP 3
ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ހަސަން ޝަމްއޫން

logo

2/26/2026, 12:00:30 AM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

.....

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ އޯޕަން ކެޓަގެރީގައި މިރޭ ކުއީންސް އަދި އެފްއެސްސީ ޑައިމަންޑްސް ކުޅުނު މެޗުތައް ފަސޭހަކަމާއެކު އެދެޓީމުން ކާމިޔާބުކުރިއިރު އެފްއެސްސީ ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެއްޖެ އެވެ.

PNC MID 2

މުބާރާތުގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ކްއީންސް އާއި ހައި ފައިވްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 1-6 ގެ ނަތީޖާއަކުން ކުއީންސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ކުއީންސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު މިހާފުގައި ހައި ފައިވްސް އިން ވެސް ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 10-4 ގެ ނަތީޖާއަކުން ކްއީންސް މެޗު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާމިނަތު ހަނާއެވެ.

އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އެފްއެސްސީ ޑައިމަންޑްސް އާއި އެފްއެސްސީ ފަޔަރ ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 7-2 ގެ ނަތީޖާއަކުން ޑައިމަންޑްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޑައިމަންޑްސް އިން އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެފްއެސްސީ ފަޔަރސްއަށް ލިބުނީ އިތުރު އެއްޕޮއިންޓެވެ. މިއާއެކު 13-3 ތަފާތުބޮޑު ނަތީޖާއަކުން ޑައިމަންޑްސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަޒްކާ މުއާސް މަންސޫރު އެވެ.

މީގެ އިތުރުން މިރޭގެ ތިންވަނަ މެޗުގައި އެފްއެސްސީ ޔުނިކޯންސް އާއި ފޯ ދަ ވައިބްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ޕޮއިންޓްގެ ލީޑަކާއެކު 5-4 ގެ ނަތީޖާއަކުން ފޯ ދަ ވައިބްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޔުނިކޯންސް އިން އިތުރު ފަސް ޕޮއިންޓް ހޯދިއިރު، ފޯ ދަ ވައިބްސްއަށް މިހާފުގައި ހޯދިފައިވަނީ އިތުރު ހަތަރު ޕޮއިންޓެވެ. މިއާއެކު 9-9 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން މެޗު ނިމުނުއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސްމާ އަބްދުލް ހަނީފް އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC