
މޭޔަރު އާޒިމު އާއިއެކު މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި، އެކްޝަން ޕްލޭނުގެ އެއްވެސް ކަމެއް ނުހިނގާ - ރައީސް
# ރައީސް މުއިއްޒު-
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި ކަމަށާއި ޕީއެންސީގެ މެޖޯރިޓީއެއް އޮތް ނަމަވެސް ކައުންސިލްގެ ކަންކަން ނިންމުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ މޭޔަރުގެ އަތުގައި ކަމުން އެއީ މޭޔަރުގެ އިހްމާލެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ތަރާވީހުގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ފުރަތަމަވެސް ދެއްކެވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހޮވިވަޑައިގަތުމުން އެކުލަވައިލި ސްޓްރެޓީޖިކް ޕްލޭންގެ ފޮތެކެވެ. އެ ފޮތުގައި ހިމަނާފައިވާނީ މާލޭގެ ރައްޔިތުންނަށް ކޮށްދޭން ރޭވި އެކި ކަންތައްތަކަމަށް ވީ ނަމަވެސް މޭޔަރުކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ލިބިގެންދިޔުމާއިއެކު މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ފޮތުގައި ހުރި ކަންކަން ހުރީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރު ފެށި ދައުރު ހިނގަމުން އައިސް މި ނިމެނީ. ދައުރުގެ މި ދެ އަހަރު ދުވަހުގެ ތެރޭގައި މި ކަންކަމެއް ނުހިނގާ. މީގައި ހުރި ކަންކަން ކުރަން ރައްޔިތުން ހަވާލުކުރީ. އެ ކައުންސިލްގެ ދައުރު އަދި ނުނިމޭ، އެހެން ނަމަވެސް މަސައްކަތް ހުއްޓުނީ،" މޭޔަރު އާޒިމްގެ ނަން ސީދާ ފާހަގަނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވިއެވެ.
މިކަމަށް ފާޑުކިޔާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގައި އޮތީ ޕީއެންސީގެ މެޖޯރިޓީއެއް (18 ގޮނޑީގެ ތެރެއިން 15 ގޮނޑި ޕީއެންސީގެ ކައުންސިލަރުން) ކަމަށް ވިދާޅުވާނެ ކަމަށާއި ނަމަވެސް ކައުންސިލް ހިނގާ އުސޫލާއި ހިންގާ ގަވާއިދު އޮންނަ ގޮތުން މުޅި އޮފީސް ހިންގުމުގެ ޒިންމާ އޮންނަނީ މޭޔަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އެކަން ތަފްސީލުކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްގެ ކަންކަން ކުރިޔަށްގެންދަން ޖެހޭ ގޮތް މޭޔަރު، ސެކްރެޓަރީ ޖެނެރަލަށް އެންގުމާއިއެކު އެސްޖީ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެކަންކަން ތަންފީޒުކުރަން އަންގަން ޖެހޭ ކަމަށެވެ. އަދި ދެން ކަމެއް ގޯހުން ކުރަން ބޭނުންވެއްޖެ ހާލަތެއްގައި ކައުންސިލްގައި ތިބީ 18 ކައުންސިލަރުންތޯ ތިން ކައުންސިލަރުންތޯ އެއީ 'މެޓާ'ވާ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ޕްލޭން ތަންފީޒުކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް، ރައީސް ވިދާޅުވީ އެ ފޮތުގައި އޮތް ގޮތަށް ކަން ނުހިނގާކަން މާލޭ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. މިގޮތަށް ކަންކަން ކުރިއަށްގެންދަން އިތުރު ފަސް އަހަރު އަނެއްކާވެސް މާލޭ ރައްޔިތުން ދޭނީތޯ ރައީސް ވަނީ ސުވާލު ކުރައްވައިފަ އެވެ.
އަދި ރައީސް ވަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުން އެދޭ އަމާޒަށް މާލޭގެ ކަންކަން ގެންދަން އެމަނިކުފާނާއި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދޭނެ މޭޔަރަކާއި ކައުންސިލަރުންގެ ޓީމެއް ހޮވައިދިނުމަށް މާލޭ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
ގުޅުންހުރި

މޭޔަރު އާޒިމު އާއިއެކު މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި، އެކްޝަން ޕްލޭނުގެ އެއްވެސް ކަމެއް ނުހިނގާ - ރައީސް

ލާމަރުކަޒީ ނިޒާމަށް އަމަލީ ގޮތުން އެންމެ ފަރިތަ ޕާޓީއަކީ ޕީއެންސީ، ދޫންޏަށް ވޯޓު ދޭންޖެހެނީ އެހެންވެ!

އިނގިރޭސީން ޗާގޯސް ބަޔަކާއި ހަވާލުކުރާނަމަ އެންމެ ހައްގު ބަޔަކީ ރާއްޖެ - ރައީސް

.gif&w=3840&q=75)



