
ޑިޖިޓަލް ފަސޭހަތަކާއެކު، ރަށްތަކުގައިތިބެ ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވަމުންދާނެ!
# ރައީސް މުއިއްޒު# ޑިޖިޓަލް# ރައީސް އޮފީސްރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތަކާއެކު، ރަށްތަކުގައިތިބެ ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު އިތުރަށް ތަނަވަސްވަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގަ އެވެ. މި ޚިޠާބުގައި، ރައީސް ވަނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ އަޒުމު އާ ކުރައްވައި، ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މި ހިދުމަތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހިދުމަތްތެރީންނަށް އަރިސްކުރައްވާފަ އެވެ.
ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށްކަމަށް ވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައިވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެ ދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާންއޮތްކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރުދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރުބާރުތަކާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ވަނީ ހަގީގަތަކަށް ވެފައި ކަމުގައި ވިދާޅުވެފައި އެވެ. މީގެއިތުރުން މި ސަރުކާރުން ވަނީ ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި އިސްނަގައިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށްތަކުގައި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ ސަރުކާރުން ހޯއްދަވާނެ ކަމަށާއި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ޚިޠާބުގައި ދެއްވިއެވެ. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީވެސް މި ވޭތުވި 2 އަހަރުގެ ތެރޭގައިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވައިފައިވެއެވެ. އަދި ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯއްދަވާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ޑިޖިޓަލް ފަސޭހަތަކާއެކު، ރަށްތަކުގައިތިބެ ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވަމުންދާނެ!

ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމް މި އަހަރު 50 ޙާފިޒުންނަށް!

މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހައިގައިވެސް ސަރުކާރު ބަންދުވާނެ - ރައީސް އޮފީސް

.gif&w=3840&q=75)



