logoEN
PNC TOP 3
އިނގިރޭސީން ޗާގޯސް ބަޔަކާއި ހަވާލުކުރާނަމަ އެންމެ ހައްގު ބަޔަކީ ރާއްޖެ - ރައީސް

އިނގިރޭސީން ޗާގޯސް ބަޔަކާއި ހަވާލުކުރާނަމަ އެންމެ ހައްގު ބަޔަކީ ރާއްޖެ - ރައީސް

އަހުމަދު ޝުރާއު

logo

2/26/2026, 6:24:54 PM

# ރައީސް މުއިއްޒު

-

އިނގިރޭސިވިލާތުގެ ބާރު ދަށުގައި އޮތް ޗާގޯސް އައިލެންޑް ނުވަތަ ފޯޅަވަހީގެ ހައްގުވެރިންނަކީ ދިވެހީން ކަމަށާއި އެތަން ބަޔަކާއި ހަވާލުކުރާނަމަ އެތަން ހާވަލުކުރުން ހައްގު ބަޔަކީ ދިވެހިރާއްޖެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

PNC MID 2

ރައީސް މިފަދައިން ވިދާޅުވީ މިރޭ ވެރިކަން ކުރާ ޕީއެންސީއިން ކުރިޔަށްގެންދާ ޚާއްސަ މާހެފުމުގައި ރައްޔިތުންނާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި ހޯދުމަށްޓަކައި ބާރު ސްޕީޑެއްގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބަޔަކު ބުނި ނަމަވެސް މި މަސައްކަތަކީ 19 ނޮވެމްބަރު 2023ގައި އަމަލީ ގޮތުން ފެއްޓެވި މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުހިމަނައި ގާނޫނު އަސީސީއާއި ހިލާފަށް ސީޝެލްސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެވޭ ހިސާބަށް މަސައްކަތް ދިޔުމާއިއެކު އެސިޓީ މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

"އެސިޓީ އަނބުރާ ގެނެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގާނޫނުގައި އޮތް ގޮތަށް މިހާރުވެސް އޮތް ސަރަހައްދުކަން އިއުލާނުކުރީ އެމަސައްކަތް އެހިސާބަށް ދިޔުމުން. އަދި ދެންހުރި ކަންކަންވެސް ކުރަމުން މިދަނީ އެތަރުތީބުން. އިންތިހާބަކާއި ދިމާކޮށް އަޅުގަނޑުމެން ކަންތައްތަކެއް ނުކުރާނަން" ރައީސް ވިދާޅުވިއެވެ.

ޗާގޯސްއަކީ ކުރީ ޒަމާނުގައި ދިވެހީން އެތަނެއްގައި ވަޒަންވެރިވެ ފޯޅަވަހީގެ ނަމުން ނަންދެވިފައިވާ ތަނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެން ގައުމުތަކަކުން އެތަނަށް އެހެން ނަންމަުން ނަންދިން ނަމަވެސް އެތަނަކީ ދިވެހީންގެ ތަނެއްކަމަށެވެ. އެގޮތުން އެތަން އެއްވެސް ގައުމަކަށް ހަވާލުކުރާނަމަ އެތަނުގައި ހައްގުވެރި ފަރާތަކީ ދިވެހީ ރާއްޖެކަން ކަމާބެހޭ ފަރާތްތަކަށް އަންގަވަމުން ގެންދަވާކަމަށާއި އެއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ނޫންކަމުގައި ރައީސް ތަކުރާރުކުރެއްވި އެވެ.

ވަކީންޚާއްސަކޮށް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި މިވަގުތު އޮތް ޗާގޯސް، އެއްވެސް ގައުމަކާއި ހަވާލުކުރާކަމަށްވާނަމަ އެތަން ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތްކަމުގައިވާ ދިވެހި ރާއްޖެއާއި ކަމަށް ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC