
ލާމަރުކަޒީ ނިޒާމަށް އަމަލީ ގޮތުން އެންމެ ފަރިތަ ޕާޓީއަކީ ޕީއެންސީ، ދޫންޏަށް ވޯޓު ދޭންޖެހެނީ އެހެންވެ!
# ރައީސް މުއިއްޒު-
ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ކަމަށާއި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓުދޭންޖެހެނީ އެސަބަބަށްޓަކައި ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީއިން ކުރިޔަށްގެންދާ ޚާއްސަ މާހެފުމުގައި ރައްޔިތުންނާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.
ރައީސް ވާހަކަފުޅުގައި ވިދާޅުވީ ރަށްރަށުގައި ކޮންމެހެން ހުންނަން ޖެހޭ އެތައް ކަމެއް މި ސަރުކާރުން ރަށްރަށުގައި ގާއިމްކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ސަރުކާރުން ކުރަމުންދަނީ ހަގީގީ ލާމާރުކަޒީ ނިޒާމުން ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ކަންކަން ކޮށްދިނުމަށްކަމުގައި ކަމަށެވެ. އެގޮތުން ހަގީގީ މާނާއިގައި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަމުން ދަނީ އަދުގެ ސަރުކާރުންކަން ފަހުރުވެރިކަމާއިއެކު ފާހަގަކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ވަކީން ޚާއްސަކޮށް ފާއިތުވި ދެއަހަރުގެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރާތްކުރެވި ރަށްރަށުގައި ކައުންސިލްތަކާއި ރައްޔިތުންނާއި ސީދާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށަށް ބޭނުންވާ ކަންކަން އަމަލީގޮތުން ފުރިހަމަކޮށްދެމުންދާކަންވެސް ރައީސް ވަނީ މިރޭގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި އެވެ.
އެހެންކަމުން ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ، އެނިޒާމު އެންމެ ފުރިހަމައަށް ގަބޫލުކުރާ އަދި އަމަލީ ގޮތުން އެނިޒާމު އެންމެ ފުރިހަމައަށް ތަންފީޒުކުރާ ޕާޓީއަކީ އެމަނިކުފާނު ލީޑަރުކަން ކުރައްވާ ޕީއެންސީކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި "ދޫންޏަށް" ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ދޫންޏަކީ ޕީއެންސީގެ ރަސްމީ ލޯގޯގައި ހިމެނީ ނިޝާނެއެވެ. ޕީއެންސީން މިއަހަރުގެ ކައުންސިލް ކެމްޕެއިންގައި އެންމެ ބޮޑަށް ބޭނުންކުރަމުންދާ ޝިޔާރަކީވެސް "ވޯޓު ދޫންޏަށް" މި ޝިޔާރެވެ.
ގުޅުންހުރި

މޭޔަރު އާޒިމު އާއިއެކު މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި، އެކްޝަން ޕްލޭނުގެ އެއްވެސް ކަމެއް ނުހިނގާ - ރައީސް

ލާމަރުކަޒީ ނިޒާމަށް އަމަލީ ގޮތުން އެންމެ ފަރިތަ ޕާޓީއަކީ ޕީއެންސީ، ދޫންޏަށް ވޯޓު ދޭންޖެހެނީ އެހެންވެ!

އިނގިރޭސީން ޗާގޯސް ބަޔަކާއި ހަވާލުކުރާނަމަ އެންމެ ހައްގު ބަޔަކީ ރާއްޖެ - ރައީސް

.gif&w=3840&q=75)



