logoEN
PNC TOP 3
ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުން ވަރަށް މުހިންމު - ހަލީމް

ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުން ވަރަށް މުހިންމު - ހަލީމް

އަހުމަދު ޝުރާއު

logo

2/23/2026, 6:22:39 AM

# ޕީއެންސީ

-

ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ ވިދާޅުވެއްޖެ އެވެ.

PNC MID 2

ހަލީމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އިންތިހާބުގައި އިދިކޮޅަށް ވޯޓުދޭން ޖެހޭ ސަބަބެއް ކަމަށް ބުނެ ބުނަމުންދަނީ ސަރުކާރުން ޖަވާބުދާރީކުރުވުން ކަމަށާއި ނަމަވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ބައްލަވައި ދިރާސާ ކުރެއްވިއިރު، ސަރުކާރުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނާ މާއްދާއެއް ފެނިވަޑައިނުގެންނެވި ކަމަށް ހަލީމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ގާނޫނުގެ ދެވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ކަންކަމަށް ޑިމޮކްރަސީގެ އުސޫލުން އަދި ކައުންސިލުން ޖަވާބުދާރީވާން ޖެހޭ ކަމަށް ކަމުގައި ހަލީމް ފާހަގަކުރެއްވި އެވެ.

ހަލީމް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ދެކެވަޑައިގެންފައިވާ ތަސައްވުރު ވެސް ހަގީގަތަކަށް ހެދޭނީ އެ އުސޫލާ އެއްގޮތަށް، އެ ބޭނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވައިގެން އެކަނި ކަމަށެވެ.

އަދި ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެއް ހޮވައިގެން ސަރުކާރުން ދިވެހި ރައްޔިތުންނަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނައުމަށް މަސައްކަތް ކުރާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށާއި އެހެންވެ، އެއީ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަަށް ހަލީމް ވިދާޅުވި އެވެ.

މިހާރުވެސް މާލެ ސިޓީ ކައުންސިލްގައި ތަފާތު ކޮމިޓީތައް ހުރި ނަމަވެސް މޭޔަރާ ހިސާބުން އެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓޭ ކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ ކޮމިޓިތަކުން ކުރާ މަސައްކަތުގެ ރިޕޯޓު މޭޔަރާ ހަމައަށް ފޮނުވުމަށް ފަހު މޭޔަރު، އެ ރިޕޯޓުތަކުގައި "އަތް އަޅައި ވަތްގަނޑަށްލައި ފޮރުވައިގެން އިންނާތީ" މި ސަރުކާރާ އެއްކޮޅު ކެންޑިޑޭޓަކު މޭޔަރަށް ވެސް ހޮވަން ޖެހޭ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC