logoEN
PNC TOP 3
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރިގޮތް - ޓޮމް

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރިގޮތް - ޓޮމް

# ކޮންގްރެސް ޕާޓީ

ރައްޔިތުންގެ މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް -- ގާފު ފޮޓޯ: އަހްމަދު ރީހާން

ރައްޔިތުންގެ މަޖްލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ގައުމަށް އެންމެ ފައިދާހުރިގޮތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.

PNC MID 2

ޓޮމް ވިދާޅުވީ، 2012ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމަށްފަހު ބޭއްވުނު ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި މެޖޯރިޓީ ލިބިގެންދިޔައީ އޭރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީއަށް ކަމަށާއި، އެއާއެކު މަޖިލީހުގައި ގާނޫނުތަކަށް އެޅި ބައެއް ފިޔަވަޅުތަކާއެކު ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭ ހިސާބަށް ދިޔަ ކަމަށެވެ.

ޓޮމް ވިދާޅުވީ، 2014ގެ ފަހުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބަކަށްފަހުވެސް މަޖިލިސް މެޖޯރިޓީ ލިބިގެންދަނީ އޭރު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ސިޔާސީ ޕާޓީން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން 17 އަހަރުދުވަހު ކުރި ތަޖުރިބާއަށް ބަލާއިރު ފުރަތަމަރައްޔިތުންގެ މަޖިލީހަށްފަހު އައި ހަލަބޮލިކަމާއި، ވެރިކަން ވެއްޓިގެން ގޮސް ހިނގައިދިޔަ ކަންތައްތަކަށްފަހު އޭގެ ފަހުން އައި 3 ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް އެ އޮންނަ ސަރުކާރަކަށް މެޖޯރިޓީ ދޭން ރައްޔިތުން ނިންމާފައިވަނީ ސަބަބުތަކެއް ވެގެން ކަމަށް ޓޮމް ވިދާޅުވި އެވެ.

ޓޮމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބު އޮންނަ ދުވަހު ބޭއްވުމަކީ މިހާރު ދިވެހި ރައްޔިތުން ނިންމަވާފައިވާ ގޮތް ކަމަށެެވެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖްލިސްގެ އުމުރު ކުރުކޮށްފައި ރިޔާސީ އިންތިހާބު އޮންނަ ދުވަހު މަޖްލިސް އިންތިހާބު ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރިގޮތް ކަމަށް ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ، ގާނޫނު އަސާސީ ލިޔުނު އިރު ރައްޔިތުންގެ މަޖްލިސް އުމުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ފަދަ ކަންކަންމަކީ ހަމައެކަނި ރައްޔިތުންގެ މަޖްލީހަށް އެކަނި ނުނިންމޭ ގޮތަށް އޮތް ކަންކަމަށެވެ. އެކަންކަން ނިންމެން އޮންނަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ޓޮމް ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC