
-
މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ތަރައްޤީކުރަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން މަސައްކަތް ކުރިޔަށްގެންދާ އެމްއޭސީއެލުން ހާމަކޮށްފި އެވެ.

ގިރާވަރު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. ކުރީ ސަރުކާރުގައި ގިރާވަރުފަޅު ހިއްކުންވެސް ނުަފަށަނީސް ވަނީ އެފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައި އެވެ.
ނަމަވެސް މިސަރުކާރުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި އެވެ.
އެމްއޭސީއެލުން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި މިއާއިއެކު މުޅި ޖުމުލަ ހިއްކަން ހަމަޖެހިފައިވާ 97.15 ހެކްޓަރުގެ 15.44 އިންސައްތް ފުރިހަމަކުރެވިފައިވާ ކަމަށެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35 ހާސް ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ހޮޕާ ޑްރެޖަރަކާއި 22 ހާސް ކިއުބިކް މީޓަރުގެ ހޮޕާ ޑްރެޖަރަކުންނެވެ.
ގުޅުންހުރި

ގިރާވަރުފަޅު ހިއްކުން ބާރު ސްޕީޑެއްގައި ކުރިޔަށް: މިހާތަނަށް 15 ހެކްޓަރު ހިއްކައިފި

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ފެށިގެން ކުރިޔަށް!

ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއްދީފި

.gif&w=3840&q=75)



