logoEN
WAMCO TOP 1
މި ސަރުކާރުން  ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް

# އަބްދުالله މުއްތަލިބު# ބޯހިޔާވަހިކަން# ހައުސިންގ މިނިސްޓްރީ# ގިރާވަރު ފަޅު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް - ފޮޓޯ: މަޖްލިސް

ނުހިއްކާ އޮތް ބިމަކުން ރަޖިސްޓްރީ ހެދުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދައިދޭނީ ބިން ހިއްކުމަށްފަހު ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރ މިހެން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ގިރާވަރު ފަޅު ހިއްކާ ނުނިމެނީސް ރަޖިސްޓްރީ ހަވާލުކުމުގެ ސަބަބުން ގާނޫނީގޮތުން މައްސަލަތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް މަޖިލީހުގައި ވަޒީރަށް ސުވާލު ހުށައަޅާފައިވަނީ ގިރާވަރު ފަޅު ހިއްކާ ނިންމުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ގޭގެ ޕްލޮޓް ހަވާލުކުރުމާއި ގިރާވަރު ފަޅުން ލިބުނު ގޯތިތައް އެހެންތާކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތޯ ކުރެއްވި ސުވާލަށް މިނިސްޓަރ މުއްތަލިބް ވަނީ ވަރަށް ސާފުކޮށް ޖަވާބުދެއްވާފައެވެ.

"ރާއްޖޭގެ ޤާނޫނުތައް އޮންނަގޮތުން ހިކިފަސް ތަނަކަށް ބިމުގެ ރެޖިސްޓްރީ ހެދޭނީ. ހިއްކާފައި ނެތް ތަނެއްގައި ރެޖިސްޓްރީގެ ގޮތުގައެއް ނުހެދޭނެ. ބިން ހިއްކާ ނިމެންވާއިރަށް، އެތަނުގެ ރެޖިސްޓްރީއާއި ގުޅޭ މަސައްކަތް މިހާރު މިދަނީ ކުރަމުން. ރެޖިސްޓްރީ ދޭނީ ހިއްކާ ނިންމާފައި." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން، ވެރިކަން ބަދަލުވިއިރު ނިންމާފައި އޮތީ 54 ހެކްޓަރުގެ މަސައްކަތްކަމަށެވެ. އަދި މި ސަރުކާރުން ހަވާލުވި އިރު، މަސައްކަތް އޮތީ މަޑުޖެހިފައިކަމަށާއި، އޭގެ ފަހުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރިފަހުން އިތުރަށް 44 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ހިއްކަން ޖެހޭ ބާކީ ބައި މެއި މަހުގެ 31ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ނިމުނު ސަރުކާރުން އެކުލަވާލާފައިވާ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭންގައި ގިރާވަރުފަޅުން 5000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެއަދަދަށް އެތަނުން ގޯތި ދެވެން ނެތުމުން، ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސް، 1114ވަރަކަށް ގޯތި ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކައި ނިމުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ބިން ހިއްކާ ނުނިމުނު ނަމަވެސް މިހާރު ވަނީ، އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާ، ގޯތީގެ ޕްލޮޓް ދޭނެ ސަރަޙައްދުތައް ކަނޑައަޅާ، ގޯތީގެ ވެރިންނަށް ލިބޭ ޕްލޮޓް ނަންބަރު ކަނޑައަޅާފައެވެ.

ކޮމެންޓް
ފަހުގެ
HDC