
ފަހަތުން އަރައި ބެންފީކާ ބަލިކޮށް ރެއާލް މެޑްރިޑުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ބެންފީކާރެއާލް މެޑްރިޑާއި ބެންފީކާ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާ 2-1 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދެޓީމު ޕޯޗުގަލްގައި ކުޅުނު ޕްލޭއޮފް ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ދެވަނަ ބުރުން ޖާގަހޯދި 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބެންފީކާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ރަފާ ސިލްވާ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ރެއާލްގެ ޗުއެމީނީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މީގެ އިރުތުން ވެސް މިހާފުގައި ރެއާލް އިން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު އާޑާ ގުލާ ކާމިޔާބުކުރި ލަނޑު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސަިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ބެންފީކާގެ ރަފާ ސިލްވާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މިމެޗުން ރެއާލް މޮޅުވި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާރ އެވެ.
ގުޅުންހުރި

ފަހަތުން އަރައި ބެންފީކާ ބަލިކޮށް ރެއާލް މެޑްރިޑުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
.jpg&w=3840&q=75)
ނެޓްބޯޅަ: ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ދެ މެޗު ކާމިޔާބުކުރީ ޕަވާ ޕަފް އަދި ނެޓް ނިންޖާސް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑުން ޔަގީންކޮށްފި

.gif&w=3840&q=75)



