.jpg&w=3840&q=75)
ނެޓްބޯޅަ: ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ދެ މެޗު ކާމިޔާބުކުރީ ޕަވާ ޕަފް އަދި ނެޓް ނިންޖާސް
# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ބޭރު ދުނިޔޭގެ ކުޅިވަރު.....
މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ޖޫނިއާރ ކެޓަގެރީގައި މިރޭ ކުޅުނު ދެމެޗު ޕަވާ ޕަފް އަދި ނެޓް ނިންޖާސް އިން ކާމިޔާބުކޮށްފިއެވެ

މުބާރާތުގެ ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޕަވާ ޕަފް އަދި ނެޓް އެޓޭކާސް އެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕަވާ ޕަފް އިންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާތުމަތު އަޔާނީ މިޝްބާހް އެވެ.
މީގެ އިތުރުން ޖޫނިއަރ ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ނެޓް ނިންޖާސް އާއި ސްޓާރސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޓާސް ކުރީގައި އޮވެެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ނެޓް ނިންޖާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ޕޮއިންޓް ހޯދާފައެވެ. މިއާއެކު 5-2 ގެ ނަތީޖާއަކުން ނެޓް ނިންޖާސް މެޗު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ސަރާ އަފްޒަލް އެއެ.
23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ކެޓަގެރީގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅުމަށްފަހު ބައިވެރި ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅޭގޮތަށެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.
ގުޅުންހުރި

ފަހަތުން އަރައި ބެންފީކާ ބަލިކޮށް ރެއާލް މެޑްރިޑުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް
.jpg&w=3840&q=75)
.gif&w=3840&q=75)



