logoEN
PNC TOP 3
ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

2/25/2026, 11:37:13 PM

# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރު

.....

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ސީނިއާ ކެޓަގެރީގައި މިރޭ ކުޅުނު ތިން މެޗު ހައި ފްލަޔާސް، ޝޫޓާސް އަދި އެޓޭކާސް އިން ކާމިޔާބުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ސީނިއާ ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އެޓޭކާސް އާއި ފައިޓާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-3 ގެ ނަތީޖާއަކުން ފައިޓާސް ކުރީގައި އޮވެެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޝޫޓާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު މިހާފުގައި ފައިޓާސްއަށް ހޯދުނީ ދެޕޮއިންޓެވެ. މިއާއެކު 5-6 ގެ ނަތީޖާއަކުން އެޓޭކާސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިޓާސްގެ އީނަލް މުހައްމަދު ސުލައިމާން އެވެ

މިރޭގެ ދެވަނަ މެޗުގައި ނިންޖާސް އާއި ހައި ފްލަޔާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ހައި ފްލަޔާސް އިން އިތުރު ތިން ޕޮއިންޓް ހޯދިއިރު، މިހާފުގައި ނިންޖާސްއަށް ހޯދުނީ ދެ ޕޮއިންޓެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިންޖާސްގެ ކައިލީން ހުސެއިން ޒުހައިރު އެވެ.

މިރޭގެ ތިންވަނަ މެޗުގައި ޝޫޓާސް އާއި ފަލްކަންސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 5-3 ގެ ނަތީޖާއަކުން ޝޫޓާސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޝޫޓާސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި ފަލްކަންސް އިން ވެސް ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފައެވެ. މިއާއެކު 9-6 ގެ ނަތީޖާއަކުން ޝޫޓާސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ކަޔާނީ ބިންތް ޝަފްފާޒް އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC