logoEN
PNC TOP 3
ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

2/24/2026, 11:07:05 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

...

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ހައި ފައިވް އަތުން މޮޅުވި އެފްއެސްސީ އެލީޓް ސްޕާކްސް ފަހު މެޗުގައި ކުލަބު ހުޅު އަތުން ބަލިވެއްޖެއެވެ.

PNC MID 2

މުބާރާތުގެ އޯޕަން ކެޓަގެރީގައި މިރޭ ހަތަރު މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެފްއެސްސީ އެލީޓް ސްޕާކްސް އަދި ހައި ފައިވް އެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 6-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްއެސްސީ އެލީޓް ސްޕާކްސް އިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްސީ އެލީޓް ސްޕާކްސްގެ ލައިބާ ވާސިފް ވަހީދު އެވެ.

މިރޭގެ ދެވަނަ މެޗުގައި އެފްއެސްސީ ފަޔަރ އާއި ފޯ ދަ ވައިބްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު ދެ ޕޮއިންޓްގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ފޯ ދަ ވައިބްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފޯ ދަ ވައިބްސް އިން އިތުރު ފަސް ޕޮއިންޓް ހޯދިއިރު، މިހާފުގައި އެފްއެސްސީ ފަޔަރ އިން ވެސް ވަނީ އިތުރު ހަތަރު ޕޮއިންޓް ހޯދާފައެވެ. މިއާއެކު 5-8 ގެ ނަތީޖާއަކުން ފޯ ދަ ވައިބްސް މެޗު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާމިނަތު ނަޒުހާން މުުހައްމަދު އެވެ.

މިރޭގެ ތިންވަނަ މެޗުގައި އެފްއެސްސީ ޔުނިކޯން އާއި އެފްއެސްސީ ޑައިމަންޑް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު ޔުނިކޯންސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވަނީ އިތުރު ފަސް ޕޮއިންޓް ހޯދާފައެވެ. މިއާއެކު 8-10 ގެ ނަތީޖާއަކުން އެފްއެސްސީ ޔުނިކޯންސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތިމަތު ޝާލިނީ އަހުމަދު އެވެ.

މީގެ އިތުރުން މިރޭ ކުޅުނު ފަހު މެޗުގައި އެފްއެސްސީ އެލީޓްސް ސްޕާކްސް އާއި ކުލަބު ހުޅު ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އެލީޓްސް ސްޕާކްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ކުލަބު ހުޅުން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ފަސް ޕޮއިންޓް ހޯދިއިރު، އެލީޓްސް ސްޕާކްސްއަށް ހޯދުނީ އިތުރު ދެ ޕޮއިންޓެވެ. މިއާއެކު 7-5 ގެ ނަތީޖާއަކުން ކުލަބް ހުޅު މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޖަޒްލާ މުހައްމަދު މޫސާ އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC