
އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ކަޓުވާލުމަށްފަހު ބޯޑޯ/ގްލިމްޓް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ބޯޑޯ ގްލިމްޓް# އިންޓަ މިލާންބޯޑޯ/ގްލިމްޓް އާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފްގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި އިޓަލީގެ ވަރުގަދަ އިންޓަ މިލާން 2-1 ގެ ނަތީޖާއަކުން ބަލިކޮށް ނޯވޭގެ ބޯޑޯ/ގްލިމްޓް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދެޓީމު ނޯވޭގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 3-1 ގެ ނަތީޖާއަކުން ބޯޑޯ/ގްލިމްޓް އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން އިންޓަ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ވަނީ ބޯޑޯ/ގްލިމްޓްގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ހަތަރު ހަމަލާއެއް ގޯލާއި އަމާޒުވި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބޯޑޯ/ގްލިމްޓް އިން ކުޅުން ރަނގަޅު ކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޔެންސް ޕީޓަރ ހައުގޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ހަކޯން އެވްޖެން އެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން އިންޓަ މިލާންގެ ޑިފެންޑަރު އަލްސަންޑްރޯ ބަސްޓޯނީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އިންޓަ މިލާނުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ބޯޑޯ/ގްލިމްޓް ކުރީގައި އޮވެެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ބޯޑޯ/ގްލިމްޓް އިން ކަށަވަރުކޮށްފައިވާއިރު، މިއީ މިމުބާރާތުގައި އެޓީމު ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. އޭގެ ތެރޭގައި ޕްލޭއޮފްގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު ދެ މެޗުގެ އިިތުރުން ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި ދެމެޗު ހިމެނެއެވެ.
ގުޅުންހުރި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑުން ޔަގީންކޮށްފި

އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ކަޓުވާލުމަށްފަހު ބޯޑޯ/ގްލިމްޓް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި

އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އާއި އެއްވަރުވި ނަމަވެސް ދެވަނަ ބުރުގެ ފުރުސަތު ލެވަކޫސަންއަށް

.gif&w=3840&q=75)



