
އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އާއި އެއްވަރުވި ނަމަވެސް ދެވަނަ ބުރުގެ ފުރުސަތު ލެވަކޫސަންއަށް
# އޮލިމްޕިއާކޯސް# ޔުއެފާ ޗެމްޕިއަންސްލީގު# ބަޔާ ލެވަކޫސަން# ބޭރު ދުނިޔޭގެ ކުޅިވަރުލެވަކޫސަން އާއި އޮލިމްޕިއާކޯސް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ނަތީޖާއަކުން އެއްވަރުވި ނަމަވެސް ޖަރުމަނުގެ ބަޔާން ލެވަކޫސަން އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިދެ ޓީމު މިދިޔަ ހަފްތާގައި އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ބަޔާ ލެވަކޫސަން އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާރަނޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި އޮލިމްޕިއާކޯސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
އެގޮތުން މިހާފުގައި އެޓީމުން ލެވަކޫސަންގެ ގޯލަށް ހަ ހަމަލާއެއް ފޮނުވާލި ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލެވަކޫސަން އިން ވަނީ ފުރަތަމަ ލެގުގައި އެޓީމުން ހޯދި ދެލަނޑުގެ ލީޑު ދިފާއުކޮށްފައެވެ. މިއާއެކު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން މެޗު ނިމުނުއިރު، ގްރީސްގެ ކުލަބަކާއި ދެކޮޅަށް ލެވަކޫސަން އެންމެ ފަހުން ކުޅުނު ފަސް މެޗުން އެޓީމު ބަލިވެފައެއްނުވެއެވެ.
މީގެ އިތުރުން މިއީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމު މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ވަނަނުދީ އެޓީމުން ފުރިހަމަކުރި ފަސްވަނަ މެޗެވެ. އަދި މިނަތީޖާއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލެވަކޫސަން އިން ކަށަވަރުކޮށްފައިވާއިރު، ދެވަނަ ބުރުގައި އެޓީމުން ވާދަކުރަން ޖެހޭނީ ވާދަވެރި ބަޔާން މިޔުނިކް ނުވަތަ ޕްރެމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެކޮޅަށެވެ.
ގުޅުންހުރި

އެވަޓަން އާއި އެއްވަރުވެ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

ވިނީގެ ދެލަނޑާއެކު އެސްޕަނިއޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ސީޒަނުގެ ކުރީކޮޅު ރެލިގޭޓް ވެދާނެކަމަށް ބުނި ޔުނައިޓެޑުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ދެ ބަލިކޮށްފި




