logoEN
PNC TOP 3
ނެޓްބޯޅަ: ފަސޭހަކަމާއެކު ފްލަޔާސް މޮޅުވިއިރު، ޝޫޓާސް އަދި ދަ ބޯލްޓްސްއަށް އުނދަގޫ މޮޅެއް

ނެޓްބޯޅަ: ފަސޭހަކަމާއެކު ފްލަޔާސް މޮޅުވިއިރު، ޝޫޓާސް އަދި ދަ ބޯލްޓްސްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

2/24/2026, 9:42:13 PM

# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރު

...

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ސީނިއާ ކެޓަގެރީގައި މިރޭ ކުޅުނު ތިން މެޗު ހައި ފްލަޔާސް، ޝޫޓާސް އަދި ދަ ބޯލްޓްސް އިން ކާމިޔާބުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ސީނިއާ ޑިވިޝަންގައި މިރޭ ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ހައި ފްލަޔާސް އަދި ފަލްކަންސް އެވެ. މިމެޗު ފަސޭހަކަމާއެކު 8-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހައި ފްލެޔާސް އިންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައި ފްލަޔާސްގެ އިންޝާ ބިންތް ޝިހާބު އެވެ.

މިރޭގެ ދެވަނަ މެޗުގައި ނިންޖާސް އާއި ޝޫޓާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނިންޖާސް ކުރީގައި އޮވެެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޝޫޓާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު މިހާފުގައި ނިންޖާސްއަށް ހޯދުނީ ދެޕޮއިންޓެވެ. މިއާއެކު 5-4 ގެ ނަތީޖާއަކުން ޝޫޓާސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ކަޔާނީ ބިންތު ޝަފްރާޒް އެވެ.

މިރޭގެ ތިންވަނަ މެޗުގައި ދަ ބޯލްޓްސް އާއި ވޯރިއާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 4-2 ގެ ނަތީޖާއަކުން ވޯރިއާސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބޯލްޓްސް އިން އިތުރު ތިން ޕޮއިންޓް ހޯދިއިރު، މިހާފުގައި ވޯރިއާސްއަށް އެންމެ ޕޮއިންޓެއް ވެސް ނުހޯދެއެެވެ. މިއާއެކު 4-5 ގެ ނަތީޖާއަކުން ދަ ބޯލްޓްސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އާމިނަތު ތުގާ ހުސެއިން އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC