logoEN
PNC TOP 3
ނެޓްބޯޅަ: ނެޓް އެޓޭކާސް ބަލިކޮށް ސްޓާރސް އިން މުބާރާތް ފެށީ އިތުބާރާއެކު

ނެޓްބޯޅަ: ނެޓް އެޓޭކާސް ބަލިކޮށް ސްޓާރސް އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

2/24/2026, 4:42:15 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

ސްޓާރސް އާއި ނެޓް އެޓޭކާސް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ޖޫނިއާރ ކެޓަގެރީގައި މިރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ނެޓް އެޓޭކާސް ބަލިކޮށް ސްޓާރސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

PNC MID 2

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފެންދިޔައިރު، މިހާފުގެ ކުޅުން ނިމިގެންދިޔައީ އެއްޕޮއިންޓްގެ ލީޑަކާއެކު ސްޓާރސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު އެއްޕޮއިންޓް ހޯދިއިރު، މިމެޗުގައި ނެޓް އެޓޭކާސް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމުގެ ލަނާ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓާރސްގެ އެލީނާ ހުސެއިން ސިނާން އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ކެޓަގެރީގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅުމަށްފަހު ބައިވެރި ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC