logoEN
PNC TOP 3
ގާފު ރެސިޕީ: ޖިންޖާ ޓްވިސްޓް

ގާފު ރެސިޕީ: ޖިންޖާ ޓްވިސްޓް

ސާރާ އަހުމަދު

logo

2/24/2026, 10:21:53 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަތްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޖިންޖާ ޓްވިސްޓްއެވެ.

ބޭނުންވާނެ ތަކެތި:
  • 75 އެމްއެލް ގްރޭޕްފުރުޓް ޖޫސް
  • 30 އެމްއެލް ލެމަން ޖޫސް
  • 15 އެމްއެލް އިނގުރު ޖޫސް
  • 15 އެމްއެލް ހަނީ ސިރަޕް
  • ސޮޑާ
  • އައިސް ކިޔުބް
  • ގްރޭޕްފުރުޓް ސްލައިސް އަދި ރޯޒްމެރީ (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް:

ގްރޭޕްފުރުޓް ޖޫސް، ލެމަން ޖޫސް، އިނގުރު ޖޫސް އަދި ހަނީ ސިރަޕް ޖަގެއްގައި އެއްކޮށްލާށެވެ. އެއަށްފަހު އައިސް ކިޔުބް އަޅާށެވެ. ދެން ސޯޑާ އަޅާފައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ސާރވް ކުރާއިރު ގްރޭޕްފުރުޓް ސްލައިސް އަދި ރޯޒްމެރީއިން ގާރނިޝްކޮށްލާށެވެ. މިހާރު މިހިރީ މި ޑްރިންކް ހަދާ ނިމިފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC