logoEN
PNC TOP 3
ގާފު ރެސިޕީ: ހަނީ ގާލިކް ގްލޭޒްޑް ސެލްމަން

ގާފު ރެސިޕީ: ހަނީ ގާލިކް ގްލޭޒްޑް ސެލްމަން

ސާރާ އަހުމަދު

logo

2/22/2026, 7:44:00 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފަސްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ހަނީ ގާލިކް ގްލޭޒްޑް ސަލްމަން އެވެ.

ބޭނުންވާނެ ތަކެތި:
  1. 1/3 ޖޯޑު މާމުއި
  2. 1/4 ޖޯޑު ސޯޔާ ސޯސް
  3. 2 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
  4. 1 މޭޒުމަތީ ސަމުސާ ރެޑް ޕެޕަރ ފްލޭކްސް
  5. 3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
  6. 4 ސަލްމަން ފިލެޓް
  7. ލޮނު (ރަހަލާވަރަށް)
  8. އަސޭމިރުސް (މުގުރާފައި، ރަހަލާ ވަރަށް)
  9. 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  10. 1 ލުނބޯ (ވައްކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:

ތައްޓެއްގައި މާމުއި، ސޯޔާ ސޯސް، ލުނބޯ ޖޫސް އަދި ރެޑް ޕެޕަރ ފްލޭކްސް އެއްކޮށްލާފައި ފަހުން ބޭނުންކުރަން އެއްފަރާތްކޮށްލާށެވެ. އެއަށްފަހު މެދުގިނީގައި ތެއްޔަކައް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާށެވެ. ތެޔޮކޮޅު ހޫނުވުމުން ސަލްމަން ގެ ސްކިން ސައިޑް މައްޗަށް ވާގޮތަށް ތަވައަށްލުމަށްފަހު ލޮނު އަދި އަސޭމިރުސްއިން ސީޒަންކޮށްލާށެވެ. އަދި ގާތްގަނޑަކަށް 2 މިނިޓް ވަންދެން ސަލްމަން ކައްކާލާށެވެ. ދެން ސެލްމަން އަނެއްފުށަށް ޖަހާފައި ބާކީ ހުރި 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާށެވެ. އަދި އޭގެ ތެރެއަށް ލޮނުމެދު އަޅާފައި އިތުރު 1 މިނިޓް ވަންދެން ކައްކާލާށެވެ.

އެއަށްފަހު ކުރިން ތައްޔާރުކުރި މާމުއި ސޯސް އާއި ލުނބޯ ސެލްމަންގެ މައްޗަށް އަޅާލާށެވެ. އަދި އިރުކޮޅުކޮޅުން ސޯސްކޮޅު ސަލްމަންގެ މައްޗަށް އަޅާލައި މިހެން ސޯސްކޮޅު އޮލަޖެހެންދެން ގާތްގަޑަކަށް 3 މިނިޓް ކައްކާލާށެވެ.

މިހާރު މިހިރީ ހަނީ ގާލިކް ގްލޭޒްޑް ސަލްމަން ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ތައްޔާރުކޮށްލެވޭނެ ވަރަށް މީރު ރެސިޕީއެކެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC