logoEN
PNC TOP 3
ގާފު ރެސިޕީ: ބެރީ ފިޒް

ގާފު ރެސިޕީ: ބެރީ ފިޒް

ސާރާ އަހުމަދު

logo

2/23/2026, 8:13:35 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ބެރީ ފިޒް އެވެ.

ބޭނުންވާނެ ތަކެތި:
  1. 90 އެމްއެލް ކްރޭންބެރީ ޖޫސް
  2. 120 އެމްއެލް ޖިންޖާ ކޮމްބުޗާ
  3. 30 އެމްއެލް އޮރެންޖް ޖޫސް
  4. 30 އެމްއެލް ސްޕްރައިޓް
  5. ކްރޭންބެރީ، އޮރެންޖް، ރޯޒްމެރީ، ތައިމް (ގާނިޝް ކުރުމަށް)

އައިސް ކިޔުބް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޖަގަކަށް އައިސް ކިޔުބް އަޅާށެވެ. ދެން އެއަށް ކްރޭންބެރީ ޖޫސް، އޮރެންޖް ޖޫސް، ޖިންޖާ ކޮމްބުޗާ އަދި ސްޕްރައިޓް އަޅާފައި އެއްކޮށްލާށެވެ. މިހާރު މިހިރީ މި ޑްރިންކް ހަދާ ނިމިފައިއެވެ.

ސާރވް ކުރާއިރު ގާރނިޝް ކޮށްލުމަށް ކްރޭންބެރީ، އޮރެންޖް އަދި ރޯޒްމެރީ ބޭނުންކޮށްލުމުން މި ބުއިން އަދި އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.

މިއީ ބިޒީ ޝެޑިއުލެއްގައި މި ރޯދަ މަހު އުޅުއްވާ ބޭފުޅުންނަށް މަދު ތަކެތި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު ބުއިމަކަށްވާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC