
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަތަރު ވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޕީޗް ކްރަމްބް ބާސް އެވެ.
ބޭނުންވާނެ ތަކެތި:
ކްރަސްޓް އަދި ކްރަމްބް ޓޮޕިންގއަށް:
- 1 3/4 ޖޯޑު ފުށް
- 3/4 ޖޯޑު ހަކުރު
- 1/2 މޭޒުމަތީ ސަމުސާ ލޮނު
- 1/4 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
- 1 1/2 ސްޓިކް (12 މޭޒުމަތީ ސަމުސާ) ފިނި އަންސޯލްޓެޑް ބަޓަރ
- 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ޕީޗް ފިލިންގ އަށް:
- 1 ބިސް
- 1/4 ޖޯޑު ސަވަރ ކްރީމް
- 1/2 ޖޯޑު ހަކުރު
- 1 މޭޒުމަތީ ސަމުސާ ފުށް
- 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
- 1/4 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
- 1/4 މޭޒުމަތީ ސަމުސާ ލޮނު
- 3 މީޑިއަމް ޕީޗް، އޮށް ނަގާފައި ތުނިކޮށް ކޮށާލާފައި
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ އަވަން 375 ފެރެންހައިޓްއަށް ޕްރީހީޓް ކޮށްލާށެވެ.
އެއަށްފަހު ތައްޓެއްގައި ފުށް، ހަކުރު، ލޮނު އަދި ފޮނިތޮށި އެއްކޮށްލާށެވެ. ދެން އެއަށް ބަޓަރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު އަތުން އެއްކޮށްލާށެެވެ. މި މިކްސްޗަރުގެ 3/4 ޖޯޑު އެހެންތައްޓަކަށް އެޅުމަށްފަހު ފަހުން ބޭނުންކުރަން ބައިންދާށެވެ. ބާކީ ހުރި މިކްސްޗަރު ޓްރޭއަކަށް އެޅުމަށްފަހު އެއްވަރެއްގެ ފަށަލައަކަށް ފަތުރާލުމަށްފަހު އެއްފަރާތް ކޮށްލާށެވެ.
ތައްޓެއްގައި ބިސް، ސަވަރ ކްރީމް، ހަކުރު، ފުށް، ވެނީލާ އެސެންސް، ފޮނިތޮށި އަދި ލޮނު އެއްކޮށްލާށެވެ. ދެން ކޮށާފައި ހުރި ޕީޗްތައް އެއަށް އެޅުމަށްފަހު އެއްކޮށްލާށެވެ، ދެން ޕީޗް ފިލިން ކުރިން ޓްރޭއަށް އެޅި ކްރަސްޓްގެ މަތީގައި އެއްވަރަކަށް ފަތުރާލާށެވެ. ޕީޗް މިކްސްޗާގެ މައްޗަށް ކުރިން އެއްފަރާތްކޮށްފައި ހުރި ކްރަމްބް ޓޮޕިން އަތުން ފުޑުވާލަމުން ސްޕްރިންކްލްކޮށްލާށެވެ. އެއަށްފަހު 50 މިނިޓް ވަންދެން ފިހެލާށެވެ. އަދި ކެއުމުގެ ކުރުމުގެ ކުރިން 1 ގަޑިއިރު ވަންދެން ހިހޫކޮށްލާށެވެ.
މިހާރު މިހިރީ ޕީޗް ކްރަމްބް ބާސް ތައްޔާރުކޮށް ނިމިފައިއެވެ. ފިނިކޮށްލާގެން ވެނީލާ އައިސްކްރީމާއި އެކު ކާލާން މިއީ ވަރަށް މީރު ވާނެ ރެސިޕީއެކެވެ.

.gif&w=3840&q=75)






