logoEN
PNC TOP 3
ކައުންސިލް އިންތިހާބަކާއި އެމްޑީޕީން ނޫޅޭ، އުޅެނީ ދެ އިންތިހާބު އެއްކޮއްލުމުގެ ވޯޓަށް ނުފޫޒުފޯރުވަން - ފަލާހް

ކައުންސިލް އިންތިހާބަކާއި އެމްޑީޕީން ނޫޅޭ، އުޅެނީ ދެ އިންތިހާބު އެއްކޮއްލުމުގެ ވޯޓަށް ނުފޫޒުފޯރުވަން - ފަލާހް

އަހުމަދު ޝުރާއު

logo

2/24/2026, 8:40:37 AM

# ޕީޖީ ލީޑަރު ފަލާހް

-

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

PNC MID 2

ތިނަދޫ ސިޓީގެ މާލޭ ސަރައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރު ދައުލަތުގެ ބަޖެޓުން 80 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އޭގެ އިތުރުން ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވެގެންވެސް ދާނެ ކަމަށެވެ. ކައިިރިކައިރީގައި އިންތިހާބުތައް އޮންނާތީ ވޯޓުލާން ނުކުންނަށް ދިވެހީން ފޫހިވާކަން ފާހަގަކޮށް ފަލާހް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލައިފި ނަމަ 80-90 އިންސައްތަ ރައްޔިތުން ވޯޓުލާން ނުކުންނާނެ ކަމަށެވެ.

އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަނީ ވަރަށް ގިނަ ފައިދާތައް އޭގެ ސަބަބުން ލިބޭތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް މާބޮޑު މަސައްކަތެއް ނުކުރާކަމަށާއި އެމްޑީޕީގެ ބޭނުމަކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ނުފޫޒު ފޯރުވުން ކަން ފާހަގަކުރައްވައި ފަލާހް ވަނީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ވެސް ފަލާހުވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް ފަލާހު ވިދާޅުވިއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފަ އެވެ.

މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އެޕްރީލު މަހުގެ 4 ވާ ހޮނިހިރު ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC