logoEN
Sto top
 ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެޙީތެރިކަން މުހިންމު: ފަލާހު

ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެޙީތެރިކަން މުހިންމު: ފަލާހު

# ޕީޖީ ލީޑަރު ފަލާހް# ކުޅުދުއްފުށި ސިޓީ# ޕީއެންސީ

-

ރަށްރަށުގައި މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެން ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް މުހިންމުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްެރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.

Wamco

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިސިޓީން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހް ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމު ފައިދާވާނެ ކަމެއް ކޮށްފައިނުވާ ކަމަށާއި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ އެއްވެސް ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެގެންދާނީ ތަރައްގީގެ އާ ޒައާމަތަކަށް ކަމަށާއި، އެކަން ކުޅުދުއްފުށި ރައްޔިތުންވެސް ގަބޫލުކުރާނެކަމަށް ފަލާހު ވިދާޅުވި އެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ ތަރައްގީއަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ކުޅުދުއްފުށި ސިޓީފަދަ ސިޓީތަކުގައި މިސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކާ ކައުންސިލްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

2008 ވަނަ އަހަރު އެކުލަވާލެވުނު އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހުރިހާ ކައުންސިލް އިންތިހާބެއްގައި ކުޅުދުއްފުށީގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށް ކަން ފަލާހް ފާހަގަކުރެއްވި އެވެ.

ފަލާހް ވަނީ ރައްޔިތުންނަށް ޕީއެންސީގެ ކެންޑިޑޭޓުން ރައްޔިތުން މާޔޫސްނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC