logoEN
Sto top
އައްޑޫ ސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދީފި

އައްޑޫ ސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދީފި

# ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އައްޑޫ ސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރ ތަކަށް ބަޔަކު ގެއްލުންދީފި އެވެ.

Wamco

އައްޑޫ ސިޓީ ހިދަތޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ގާފު އޮންލައިންއަަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީން ޕީއެންސީ ޓިކެޓުގައި ވާދަކުރާ ހުރިހައި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށްވެސް އެކިވަރުގެ ގެއްލުންތައް ބަޔަކު ދީފައިވާ ކަމަށެވެ.

އައްޑޫސިޓީގައި ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ފެށީ ރޭގެ ވަގުތެއްގައި ކަމަށާއި، އަދި މިއަދު ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ހުކުރު ވަގުތުގެ ފަހުން ދިޔައިރު ރޭގަ ހަރުކުރި ޕޯސްޓަރުތަކަށް ގެއްލުންދީފައިވާކަމަށް ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވިގޮތުގައި ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހާފައިވާއިރު، ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ވަނީ ކަޓަރު އަޅައި ގެއްލުންދީފައެވެ.

ޕީއެންސީގެ ފަރާތުން މި މައްސަލަ މިހާރުވަނީ ފުލުހަށް ހުށަހަޅާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC