logoEN
WAMCO TOP 1
ޕީއެންސީގެ ކެމްޕެއިން ހަލުވި ދުވެލީގައި ކުރިޔަށް:  މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަވެސް ހުޅުވައިފި

ޕީއެންސީގެ ކެމްޕެއިން ހަލުވި ދުވެލީގައި ކުރިޔަށް: މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަވެސް ހުޅުވައިފި

އަހުމަދު ޝުރާއު

logo

2/21/2026, 8:41:54 AM

# ޕީއެންސީ

-

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކޮންގްރެސް ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިިފި އެވެ.

THE TRAVELLER AD

ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މި ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އެ ދާއިރާއަށް ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރޭގެ ޖަލްސާގައި ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު އަދި ޑަބްލިއުޑީސީގެ ރައީސާއަކަށް ވާދަކުރައްވާ އަލައިކާގެ އިތުރުން ކައުންސިލާއި ޑަބްލިއުޑީސީއަށް ވާދަކުރައްވާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ސަރުކާރުގެ ވަޒީރުންވެސް ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC