
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ތިންވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ކޮކޮނަޓް ބްރީޒް އެވެ.
ބޭނުންވާނެ ތަކެތި:
- 90 އެމްއެލް ކުރުބާ ފެން
- 60 އެމްއެލް އޮރެންޖް ޖޫސް
- 15 އެމްއެލް ލުނބޯ ޖޫސް
- 1/2 މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނިގާ
- 1 މޭޒުމަތީ ސަމުސާ މާމުއި
- އައިސް ކިޔުބް
ތައްޔާރުކުރާނެ ގޮތް:
ކުރުނބާ ފެން، އޮރެންޖް ޖޫސް، ލުނބޯ ޖޫސް، އެޕަލް ސައިޑާ ވިނިގާ، މާމުއި އަދި އައިސް ކިޔުބް މިކްސަރަށް އަޅާފައި ގާތްގަނޑަކަށް 5 މިނިޓް ވަންދެން ގިރާލާށެވެ. އެއަށް ފަހު ތައްޓަށް އިތުރު އައިސް ކިޔުބް އަޅާފައި ގިރި ޖޫސް ފުރާނާލާފައި އަޅާލާށެވެ. މި ބުއިން ގާރނިޝް ކުރުމަށް އޮރެންޖް ނުވަތަ ލުނބޯ ފޮތްޗެއް ބޭއްވުމުން ވަރަށް ޗާލު ވާނެއެވެ.
މިއީ ބާޒާރުން ފަސޭހައިން ލިބޭ ތަކެތި ބޭނުން ކޮށްލާގެން ރޯދަ ވީއްލާ ގަޑިއަށް ހަދާލަން ވަރަށް މީރު ވާނެ ބުއިމަކަށް ވާނެއެވެ.

.gif&w=3840&q=75)






